ސިޔާސީ ފޯރީގައި ތުޅާދޫގައި ހުރި ޒަމާންވީ ގަހެއް، ބަޔަކު ކަޑާލާއިފި

122_2.jpg

ތުޅާދޫގައި ހުރި ޒަމާންވީ ގަހެއް ރީނދޫ ފޮތި ދަމާފައި ހުރުމުން ރޭ ބަޔަކު ކަޑާލާފަ....

ބ. ތުޅާދޫގައި ހުރި ޒަމާންވީ ގަހެއްގައި މާގިނައިން ރިނދޫކުލައިގެ ފޮތި ދަމާފައި ހުރުމުން ބަޔަކު ރޭ ކަޑާލައިފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެގަހަކީ ވަރަށް ޒަމާންވީ ގަހެއް ކަމަށާއި، އެގަސް ކަނޑާލާފައިވަނީ ރޭ ބަޔަކު ގަސްތުގައި ސިޔާސީ މަގްސަދެއްގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެއީ އެ ރަށު ސަހަރާ ކައިރީ ސްކޫލް ކަންމައްޗަށްވާގޮތަށް ހުންނަ ގަހެއް ކަމަށާއި، އެގަހަކީ ސުކޫލަށްދާ ދަރިވަރުންގެ ބެލެނެވެރިން މަޑުކޮށްގެން ތިބޭ ހިޔާ ގަޑެއް ގޮތުގައި ބޭނުން ކުރާ ގަހެއް ކަމަށެވެ.

އެ ގަސް ކަޑާލާފައިވަނީ އެ ގަހުގައި އެމްޑީޕީގެ ދިދަފޮތިތައް ދަމާފައި ހުރުމުން ކަމަށްވެސް އޭނާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top