މާލީއެހީ ލިބޭގޮތަށް ޖަމިއްޔާތަކުގެ އާ ގާނޫނެއް

290953_3_aad975c1d8442b4fb8af093bc01b1a738f4e9641_large.jpeg

ފޮޓޯ/ރައީސް އޮފީސް

ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް މާލީ އެހީ ލިބޭ ގޮތަށް އެކުލަވާލާފައިވާ ޖަމިއްޔާތަކުގެ އާ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއަދާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ 2003 ވަނަ އަހަރުން ފެށިގެން އަމަލުކުރި ޖަމިއްޔާތަކާބެހޭ ގާނޫނަށެވެ. އެހެންކަމުން ޖަމިއްޔާތަކާ ބެހޭ އާ ގާނޫނަކަށް ރާއްޖޭގައި އަމަލުކުރަން މި ފެށީ 19 އަހަރަށް ފަހު އެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި ޖަމިއްޔާތަކާބެހޭ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

ކުރިން އޮންނަ ގޮތުން ޖަމިއްޔާއެއް ސަރުކާރަށް އުވާލެވޭނީ ޖެހިޖެހިގެން ދެ އަހަރު އެއްވެސް ހަރަކާތެއް ނުހިންގުމުން ނުވަތަ ގާނޫނާ ޚިލާފަށް އަމަލު ކުރާތާ ދެ އަހަރުވުމުންނެވެ.

އާ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ނުހިންގާ ހުރި ޖަމިއްޔާތަކާއި ފީ ނުދައްކާ ހުރި ޖަމްއިއްޔާތަކާއި އަހަރީ ރިޕޯޓް ހުށަނާޅާ ޖަމްއިއްޔާތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަދި އެކަންކަން ފުރިހަމަ ނުކޮށްފި ނަމަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ.

އެ ގާނޫނުގެ ދަށުން އެކަން ކުރެވޭނީ ރައީސް އައްޔަން ކުރައްވާ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށެވެ. އެ މަގާމަށް 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުން މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާގެ ތެރެއިން އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ޖަމިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް ހަ މަސްދުވަހުގެ މުހުލަތެއް ދޭން ޖެހެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top