ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ze1rRGKb5mUI6JN205Zte11tFL6DXsAjukCBlvoP.jpg

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ.

ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މި ބިލު މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ “އިސްލާމްދީނާ އިދިކޮޅު އަމަލުތައް” އިތުރަށް ތަފްސީލު ކޮށްދިނުން ކަމަށެވެ.

މިބިލުގައި ބުނެފައިވަނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމަށެވެ.

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން މަޖިލީހަށް މި ފޮނުވީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top