60 އަހަރުން މަތީ މީހުންނަށް ފައިޒާ ވެކްސިން ޖަހަނީ

l_161243092430Gfsb.jpg

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން --- ފޮޓޯ: ،ސަން ފަޔާޒު މޫސާ

ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ޖަހާފައި ނެތް 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމައިފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވެސް ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ. ނަމަވެސް އެ ވެކްސިން ޖަހައިދޭނީ މިހާތަނަށް އެއްވެސް ވެކްސިނެއް ޖަހާފައި ނެތް މީހުންނަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ފައިޒާ ވެކްސިން އިތުރު ކެޓަގަރީއަކަށް ހުޅުވާލަން ނިންމާ އެކަން ހާމަކޮށްފައެވެ. ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށްް ޔޫއެސްްގެ އެހީގައި ރާއްޖެއަށްް ލިބުނު ފައިޒާ ވެކްސިން މިހާރު ދަނީ ޖަހަމުންނެވެ. މި ވެކްސިނަކީ 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ ވެކްސިނެކެވެ.

މި ފަހަރު ރާއްޖެެއަށް ލިބުނު ވެކްސިން މައިގަނޑު ގޮތެއްގައި ޖަހަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. އޭގެ އިތުރުން މާބަނޑު މީހުންނަށްވެސް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ދިފާއީ ނިޒާމު ދަށް މީހުންނަށްވެސް މި ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖެހިފައިވާ އިރު އެ ކެޓަގަރީގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއްް ބަދަލުކޮށްފައިވާ މީހުންނާއި އޮޓޯ އިމިއުނިޓީ ޑިސީސަސްް މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ދިގު މުއްދަތަކަށްް ސްޓެރޮއިޑްް ބޭނުންކުރާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ސިކްލްްސެލް އެނީމިއާ އަދި ޑައިލައިސިސްް ހަދާ މީހުންނާއި ކިޑްނީ ބަލިފަދަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންނެވެ.

ރާއްޖޭގައި މިވަގުތު މުޅި އާބާދީއަށް ފުދޭވަރަށް ވެކްސިން ހުރި އިރު، ސަރުކާރުގެ އިލްތިމާސަކީ ވެކްސިން ނުޖަހާ އެންމެން އަވަހަށް ވެކްސިން ޖެހުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top