ތުޅާދޫ އައިސް ޕްލާންޓުން އައިސް ދޫކުރަނީ

big_wKFj4XlaltSQahV61ECtnX1Ti.jpg

ތުޅާދުގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓް --ފޮޓޯ :ޕީއެސްއެމް ނިއުސް.އެމްވީ

ތުޅާދޫގައި އަލަށް ތައްޔާރު ކުރި އައިސް ޕްލާންޓުން، އަންނަ ހަފްތާއިން ފެށިގެން އައިސް ފޯރު ކޮށްދެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ތުޅާދޫގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ތައްޔާރު ކޮށްފައިވާ ޕްލާންޓެކެވެ. މިއީ އެ މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ގާއިމްކުރި އައިސްޕްލާންޓެކެވެ.

ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މި ޕްލާންޓް އުފެއްދުމަށް މަސައްކަތް ފަށާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުކާރުގައި 2017 ވަނަ އަހަރުއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ޕީއެސްއެމް ނިއުސް އަށް ވިދާޅުވީ، މި އައިސް ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަން ކުރަން އަންނަ ސަރަހައްދަކަށް ވުމުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށަށް އަންނާނެކަމަށް ބެލެވޭކަމަށެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގެ ހަތް ރަށުގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ހަވާލު ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި 7 ރަށުގެ ތެރޭގައި ހިމެނެނީ ގއ. ކޮލަމާފުށީ ގއ. ދާންދޫގައި ގއ. ދެއްވަދޫ ރ. އަލިފުށި ނ. ޅޮހީ ބ. ތުޅާދޫ އަދި ތ. ހިރިލަންދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top