ދުސިތު ކަޓައި ސޮނެވާ ސެމީއަށް

DSCN0207.jpg

އޭދަފުށީގައި ކުޅެވެމުންދާ ލެވިސްތާ އިންޓަރ ރިސޯޓު ފުޓްބޯލް މުބާރާތުގައި އިއްޔެ ސޮނެވާއާއި ވާދަކޮށްގެން 3-5 އިން ދުސިތު ބަލިވުމުން މުބާރާތުން ދުސިތު ކަޓައި ،ސެމީ ފައިނަލްގެ ފަހު ޖާގަ ސޮނެވާ ހޯދައިފިއެވެ. ސޮނެވާ އާއެކު މި ގްރޫޕުން ސެމީއަށް ދަތުރު ކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ގްރޫޕް އޭ އިން ސެމީގެ ޖާގަ ހޯދާފައިވަނީ އަނަންތަރާ އާއި އަމިއްލަފުއްޓެވެ.

މި މެޗު ސޮނެވާ ކާމިޔާބު ކުރިއިރު ސޮނެވާއިން ޖެހި ފަސްލަނޑުގެ ތެރެއިން ހަތަރު ލަނޑު ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އާދަމް ނިޒާމެވެ. އަނެއް ލަނޑު ޖަހާފައިވަނީ އިބްރާހީމް މާޖިދުއެވެ.

ދުސިތުއަށް ލަނޑު ޖަހާދީފައިވަނީ ހަސަން ސާޖިދުއާއި އާދަމަ ޚަލީލުގެ އިތުރުން އަހުމަދު ނިހާނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ އިން އެއްވަނައިގާ ވާ އަނަންތަރާ ވާދަކުރަންޖެހޭނީ ގްރޫޕް ބީގެ އެއްވަނަ، ސޮނެވާފުއްޓާއެވެ. ފައިނަލަށް ދަތުރު ކުރާނީ މިމެޗުން މޮޅުވާ ޓީމެކެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ އަނަންތަރާ އާއި ގްރޫޕް ބީގެ އެއްވަނައިގާ އޮތް ސޮނެވާއެވެ. މެޗް ފަށާނީ ހަވީރު 4:15 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top