އެސްޓީއޯގެ ނަމުގައި އަނެއްކާވެސް އޮޅުވާލައިގެން ފައިސާ ހޯދަން ފަށައިފި

sto-e1489837884246.jpg

އެސްޓީއޯގެ ނަން ބޭނުންކޮށްގެން ޕްރޮމޯޝަންތައް ހިންގާކަމަށްބުނެ އޮޅުވާލައިގެން ފައިސާ ނަގަމުން ދާކަމަށާއި އެކަމަށް ސަމާލުވުމަށް އެސްޓީއޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން ނެރެނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ނަމުގައި އާންމުންގެ ފޯން ތަކަށް ގުޅައި، ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ނަންބަރަކަށް ރީލޯޑް، ނުވަތަ ރާސްޓަސް ފޮނުވަން އަންގާކަމަށާއި ނަމަވެސް އެފަދަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ކުރިއަށް ނުގެންދާ ކަމަށެވެ.

މީގެ ކުރިންވެސް އެކި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ބޮޑެތި އަދަދުތަކަށް ފައިސާ ހޯދަމުން ދާ މައްސަލަތަކެއް ފެންމަތިވެ ފުލުހުން ވަނީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top