ހިތާދޫގައި މޭބިސްކަދުރު ހައްދައިފި

grapsathithaadhoo-1.jpg

ހިތާދޫ ގައި ހައްދާފައިވާ މޭބިސް ކަދުރު ވެލުގައި އަޅާފައިވާ ކަދުރު ކޯނި ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫގައި އަލަށް ކާމިޔާބުކަމާއެކު މޭބިސްކަދުރު ހައްދައިފިއެވެ.

ހިތާދޫގައި މޭބިސްކަދުރު ވެލެއް ހައްދާފައިވަނީ ހިތާދޫ “ބޮންތި” މުޙައްމަދު އަބޫބަކުރު ކަމަށް “ހިތާދޫ އޮންލައިން” އިން ބުނެއެވެ.

މިވެލާބެހޭ މައުލޫމާތު ދެމުން މުހައްމަދު އަބޫބަކުރު ބުނި ގޮތުގައި މޭބިސްކަދުރު އޮށެއް އިންދައިގެން ހައްދަމުންދާ މި ވެޔޮގަނޑަކީ އަދި އެހާ ބޮޑު ވެލެއް ނޫން ކަމަށާއި ވެޔޮގަނޑު ވަރަށް ގަދައަށް ހެދޭކަމަށެވެ.

“އަދި ކިރިޔާ އެ ފޯދުނީ. އަދި އެޅީ އެންމެ ދެ ކޯނި. ވަރަށް ރަނގަޅަށް ބަލަހައްޓައިގެން މިމަރުވީ. އަހަރެއްހާ ދުވަސްވި މިގަސް ފޯދެން”

މުޙައްމަދު އަބޫބަކުރު ބުނީ އޭނާ ބޭނުން ވަނީ އެވެލުން ތާޒާ މޭބިސް ކަދުރު ހިތާދޫގެ ރައްޔިތުންނަށް ފޯރު ކޮށްދެވޭނެ ދުވަހެއް ކަމަށާއި ގިނައިން އަޅާނަމަ ވިއްކަން ވެސް ފަށާނެކަމަށެވެ.

ހިތާދޫގެ އިތުރުން ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބ. އަންހެނުންފުށީގައިވެސް މީގެ އަހަރެއްހައި ދުވަސް ކުރިން ވަނީ މޭބިސްކަދުރު ހައްދައި ކައިރި ރިސޯޓުތަކަށް ސަޕްލައިވެސް ކޮށްފައެވެ. އެރަށުގައި އެމަސައްކަތް ކުރަނީ ދަނޑުވެރިކަމުގެ ރޮނގުން ގައުމީ އިނާމު ހޯދާފައިވާ އއ. ތޮއްޑޫ ގަމީރާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top