ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

image-0-02-06-d6cae871ef84d651a851417f255f97c9a3a0f4dbd5dc4dc215fd148cf8d761af-V.jpg

ބީއެމްއެލް އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް ބިން ސާފުކުރަނީ - ފޮޓޯ : އީވީ

އޭދަފުށީގައި ގާއިމްކުރާ ބޭންކް އޮފް މޯލްޑިވްސް އިމާރާތްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އޭދަފުށީ ކައުންސިލުން ބީއެމްއެލް އަށް ދޫކޮށްފައިވާ 2854 އަކަފޫޓް ގެބިމުގައި ބިނާކުރުމަށް ނިންމާފައިވާ މިއިމާރާތް ހުންނަނީ އޭދަފުށީގެ އުތުރު ފަރާތު އަތިރިމަތީގައި ހަދަމުން އަންނަ ކުޑަކުދިންގެ ޕާކާ ޖެހިގެންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުހައްމަދު ޝަރީފް ކުރިން އީވީއަށް ވިދާޅުވީ އޭދަފުށީގައި މިވަގުތު ޚިދުމަތް ދެމުންގެންދާ އިމާރާތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށާ، އެކަން ހައްލުކުރުމަށް އާއިމާރާތް އެޅުމަކީ ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު އޭދަފުށީގައި ބެހެއްޓިފައިވާ އޭޓިއެމްއިން ފައިސާ ޖަމާކުރުމުގެ ޚިދްމަތް ދެވެމުން ނުދާކަމަށާ، އާއިމާރާތާއެކު، އޭދަފުށީގައި ބޭންކުން ދެވޭ ޚިދްމަތް އިތުރަށް ފުރިހަމަވެ، ޒަމާނީ ކުރެވިގެންދާނޭކަމަށެވެ. އަދި އައުއިމާރާތާއެކު ކިއުގައި މަޑުނުކޮށް ބޭނުން ވަގުތަކު ފައިސާ ޖަމާކުރުމާއި، ނެގުމުގެ ޚިދްމަތްވެސް ލިބިގެންދާނޭކަމަށް ވިދާޅުވިއެވެ.

“އާއިމާރާތް ޑިޒައިންކޮށް ކުރެހިއިރު މިކަންކަމަށް ސަމާލުކަން ދީގެން ޑިޒައިން ކުރެވިފައިވާނީ. އަދި ސެލްފް ސާވިސް ބޭންކިންގް ޚިދްމަތް ދެވެން ފެށުމުން ކަސްޓަމަރުން ބޭނުންވަގުތަކު ކިޔުގައި މަޑުނުކޮށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ ޚިދްމަތް ލިބިގެންދާނެ ވާހަކަވެސް މިފުރުސަތުގައި ފާހަގަކޮށްލަން” ޝަރީފް ވިދާޅުވިއެވެ.

އާ އިމާރާތް އަޅަން ހަވާލުކުރި އައިއެންއޭ މޯލްޑިވްސް އަށް އިމާރާތް ނިންމަން ހަވާލުކުރީ 4 މަސް ދުވަހުގެ ތެރޭގައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގައި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަހަރުވަނީ ދަރަވަންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ތައާރަފް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top