1000ރުއް އެބަހުރި، އެކަމަކު ރޯދަމަހު ކުރުނބާ ނުލިބިދާނެ– ކަމަދޫ ކައުންސިލް ރައީސް

viber_image_2023-03-19_11-08-39-264.jpg

ބ. ކަމަދޫގައި އެއްހާހަށްވުރެ ގިނަ ދޮން ދަނބުރުއް އެބަހުރިކަމަށާ، އެހެންނަމަވެސް މިރޯދަމަހު ކުރުނބާ ލިބުން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރޯދަމަހު ކުރުނބާ ބާޒާރަށް ނުކުންނާނެތޯ އޭދަފުށީ ވޮއިސް އިން ސުވާލު ދެންނެވުމުން ރައީސް ހަސަން ޒަރީރު ވިދާޅުވީ ޑިމާންޑާއި އަޅާ ބަލާއިރު ބޭނުންވާ ވަރާ ގާތަށް ވެސް ކުރުބާ ނުލިބޭކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ބޮޑު އަގުގައި ކައިރި ރިސޯޓްތަކުން ރުއްތަކަށް ކުރިއާލައި އަގު ލާފައިވުން ކަމަށެވެ.

”ހާހަކަށްވުރެ މާގިނަ ރުކުގައި ކުރުނބާ އެބަހުރި. އެހެންނަމަވެސް ރިސޯޓުތަކުން ބޮޑު އަގުގައި ކުރުނބާތައް ގަނެފަ އެހުރީ. މިރަށަށް ބޭނުންވާ ވަރަށް ވެސް ކުރުނބާ ނުލިބިގެން މިއަތޮޅު މާޅޮހުންވެސް އެބަގެންނަން މިހާރަކަށް އައިސް“ ޒަރީރު ވިދާޅުވިއެވެ.

ބ، އަތޮޅުގައި އެންމެ ގިނަ އަދަދަކަށް ކުރުނބާ ބާޒާރަށް ނެރޭ ކަމަދޫން ފަހަކަށް އައިސް އާންމު މަސްމަހުވެސް ކުރުނބާ ލިބުން ދަތިކަމަށް ކަމަދޫ ކައުންސިލުން ބުނެއެވެ. ޒަރީރު ވިދާޅުވީ އިތުރު ރުއް ހެއްދުމަށް އާންމުން އަބަދުވެސް މަސައްކަތް ކުރާ ކަމަށާ، ބޮޑު އާމްދަނީއެއް ކުރުނބާ އިން ލިބެމުން އަންނަ ކަމަށެވެ.

ކުރުނބާ ގެ އިތުރުން ކަމަދޫއަކީ ބ. އަތޮޅުގައި އެންމެ ގިނަ އަދަދަކަށް ދޮންކެޔޮ ހައްދާ ރަށެވެ. ޒަރީރު ވިދާޅުވީ ދޮންކެޔޮ ދަނޑުތަކުންވެސް އެކަށީގެންވާ އަދަދަކަށް ރޯދަމަހު ކެޔޮ ލިބޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top