ފާތިހުއަށް ހޮސްޕިޓަލުގެ މެނޭޖަރުކަން

IMG-605311f3e43020583127b0ae927f2cfd-V.jpg

މުހައްމަދު ފާތިހު

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސަރވިސް ގެ މަގާމަށް އޭދަފުށި ވިލާޑިރޯޒް މުހައްމަދު ފާތިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު، މަހަކަށް ވުރެވެސް ކުޑަދުވަސް ކޮޅަކަށް ވެފައި އޮއްވާ ޕީޕީއެމްގެ ހަރަކާތްތަކުގައި އޭދަފުށީގައި އިސްކޮށް އުޅުއްވާ ފާތިހުއަށް މި ވަޒީފާ ދިން އިރު އޭނާ ވަނީ މީގެ ކުރިން ސޮނެވާފުށި ރިސޯޓުގެ އެޑްމިންގެ އެކި މަގާމުތަކުގައި 17 އަހަރު އުޅުއްވާފައެވެ.

ފާތިހު ވިދާޅުވީ ހޮސްޕިޓަލުގެ ވަޒީފާ އާއެކު މިއީ ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓާ ގުޅިގެން ރައްޔިތުން ބޭނުން ވާ ގޮތަށް އެތަން ތަރައްގީކުރެއްވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވިއެވެ.

އީވީގެ ފަރާތުން ފާތިހު އަށް ތަހުނިޔާ ކިޔަމެވެ. އުއްމީދު ކުރަނީ ސޮނެވާގައި ހޭދަކުރެއްވި 17އަހަރުގެ ތަޖްރިބާ ބޭނުންކުރައްވައިގެން ބ.އަތޮޅު ހޮސްޕިޓަލަކީ ރައްޔިތުން ބޭނުންވާ ފެންވަރު ހުރި ވަސީލަތްތައް ހަމަވެފައިވާ ތަނަކަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ދައްކަވާނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top