ސައުދީން މިއަހަރުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު

big-xvergm8hh5r9k1mhbtacnux8e.jpeg

ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު  ހަދިޔާ ކޮށްފި އެވެ.

މި ކަދުރުތައް މިއަދުވަނީ އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކުރައްވައިފައެވެ.

ކަދުރު ހަވާލުކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއެވެ. ސައުދީ ސަރުކާރުން  ކަދުރު ހަވާލު ކުރެއްވީ ސައޫދީން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސައުދީ އާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.

އަދި ރާއްޖެއާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ގައުމުން ހެޔޮއެދޭކަން ފާހަގަކުރެއްވިއެވެ.

ސައުދީން ރާއްޖެ ހަދިޔާކުރި ކަދުރު ބެހުމަށް ނިންމާފައިވަނީ އަންނަ ހަފްތާތެރޭގައެވެ. ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top