އަތޮޅުތަކުގައި ކޮވިޑް ޕޮޒިޓިވްކޭސް 1200އަށްވުރެ މަތީގައި

DSCN9334.jpg

ބ.ރީޖަނަލް ކޮވިޑް ސެންޓަރ

އަތޮޅުތަކުގައި ކޮވިޑް-19 އަށްޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 1200 ފަހަނަޅާއި ހިނގައްޖެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ހާމަކުރި މައުލޫމާތުގައިވާ ގޮތުގައި އަތޮޅުތެރޭގައި މި ވަގުތު އެންމެ ގިނަ އެކްޓިވް ކޭސް އުޅެނީ ކ.މާފުށިގައެވެ. އެރަށުން 209 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 178 މީހުންނަކީ ދިވެހިންނެވެ. 31 މީހުންނަކީ ބިދޭސީންނެވެ. ދެވަނަ އަށް އެންމެ ގިނައީ އއ. މަތިވެރިއެވެ. އެރަށުގައި 171 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެއީ 165 ދިވެހިންނާއި ހަ ބިދޭސީއަކަށެވެ. ޅ. ނައިފަރުގައި 130 ޕޮޒިޓިވް ކޭސް އެބައޮތެވެ. އޭގެތެރެއިން 125 މީހުންނަކީ ދިވެހިންނެވެ. އަދި ފަސް މީހުންނަކީ ބިދޭސީންނެވެ. ތ. ވޭމަންޑޫގައި 145 މީހަކު ޕޮޒިޓިވްއެވެ. އޭގެތެރެއިން 137 މީހުންނަކީ ދިވެހިންނެވެ. އަދި އަށް ބިދޭސީ އަކަށްވެސް ބަލި ޖެހިފައިވެއެވެ.

އޭދަފުށިން އިތުރު 5 މީހުން ޕޮޒިޓިވްވެ ރޭގެ ނިޔަލަށް އެރަށުން ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދަކީ 128އެވެ.

އަތޮޅުތެރެއިން ވެސް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނި ދިވެހިން ކަމަށެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 990 މީހުންނަކީ ދިވެހިންނެވެ. އަދި 271 މީހުންނަކީ ބިދޭސީންނެވެ.

އިއްޔެ އަކީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން  464 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 207 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަދި 146 މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެެއިންނެވެ. ސިނާއީ ރަށްތަކުން 93އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top