އެޑްވާންސް ޑައިގްނޯސްޓިކް ސެންޓަރ، ހޯމްވިޒިޓާއެކު ޚިދުމަތަށް ތައްޔާރު!

DSCN9932.jpg

އެޑްވާންސް ޑައިގްނޯސްޓިކް ސެންޓަރ: އީވީ ފޮޓޯ

އެޑްވާންސް ޑައިގްނޯސްޓިކް ސެންޓަރ ގެ ނަމުގައި އޭދަފުށީގައި މުޅިން އަލަށް ޑައިގްނޯސްޓިން ސެންޓަރެއް ހުޅުވައިފިއެވެ.

އޭދަފުށީ އަނޯނާ މަގުގައި ހުންނަ އެސްޓީއޯ ފިހާރައިގެ އަނެއް ކަންމަތީގައި ހުޅުވި މި ސެންޓަރުގެ މައިގަނޑު އަމާޒަކި ބ.އަތޮޅުގެ ރިސޯޓު ތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވިސާ މެޑިކަލް ހަދައި ދިނުން ކަމަށްވިޔަސް އިތުރު އެހެން ޚިދުމަތްތައްވެސް ލިބެމުން ދާނެކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އެގޮތުން އެސެންޓަރުގައި މިހާރުވެސް އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެމުން ދާނެކަމަށް ސެންޓަރުން މައުލޫމާތު ދެއެވެ. އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ގެނައީ އަތޮޅު ހޮސްޕިޓަލުގައިވެސް އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ނުހުންނާތީ އެކަމުގެ ނުތަނަވަސްކަން ރައްޔިތުން އިހުސާސް ކުރާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

“މިރަށަށްވެސް މި އަތޮޅަށްވެސް އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ބޭނުން ބޮޑު.  އަތޮޅު ހޮސްޕިޓަލަކުވެސް އޭގެ ޑޮކްޓަރެއް ނެތް. އެމީހާ އަންޑަރ ޔުޓިލައިޒް ކުރާކަށް ބޭނުމެއްނުވޭ. މި ޑޮކްޓަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ބޭނުންވޭ.” އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއް ގެންނަންޖެހުނު ގޮތުގެ އިތުރު މައުލޫމާތު ސެންޓަރުން ސާފު ކޮށްދިނެވެ.

އެތެރެހަށީގެ ހާއްސަ ޑޮކްޓަރ، ޑޮކްތަރު ހަމްޒާ ފަރުވާ ދެއްވާ ބަލިތަކުގެ ތެރޭގައި ހަކުރު ބަލި، ބޮލުގައި ރިއްސުން،  އެނބުރުން އެރުން، ތައިރޮއިޑް، ބަނޑުގެ ބަލިތައް، ކޮލޮސްޓްރޯލް، އަދި މިނޫނަސް  ފަދަ އެތެރެހަށީގެ ހުރިހާ ބަލިތަކެއް ހިމެނެއެވެ.

އިޖިޕްޓަށް އުފަން ޑރ. ހަމްޒާވަނީ ރާއްޖޭގެ އެހެން ރަށެއްގައިވެސް ޑޮކްތަރީ ގޮތުން މަސައްކަތްކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ މީހުންގެ އާއްމު ބަލިތަކާ ދިރިއުޅުމުގެ އާދަކާދަތައް ހުންނާނީ ވަރަށް ރަނގަޅަށް ދަސްވެފައިކަމަށް ގަބޫލު ކުރެވެއެވެ.

އެޑްވާންސް ޑައިގްނޯސްޓިކް ސެންޓަރުން އޭދަފުއްޓަށް އަލަށް ތައާރަފް ކުރާ ހޯމް ވިޒިޓް ނުވަތަ ގޭގެއަށް ގޮސް ބަލި މީހުން ބެލުމުގެ ޚިދުމަތާބެހޭ ގޮތުން އެސެންޓަރުން ބުނީ އެ ޚިދުމަތް ދޭން ނިންމީ، އާއްމު ނަޒަރުން ބަލާއިރު އެތެރެހަށީގެ ބަލިތަކުގެ ވޭނުގައި އުޅެމުން އަންނަނީ އުމުރުން ތަންކޮޅެއް ގިނަ ދުވަސް ވެލާފައި ތިބޭ މީހުންކަމަށްވާތީ އެފަދަ މީހުން ސެންޓަރަށް އައިސް ޑޮކްޓަރަށް ދެއްކުމަކީ އުނދަގޫކަމަކަށް ވެދާނެތީ ކަމުގައެވެ.

“އެހެންވީމާ އަޅުގަނޑުމެން ހަމަޖެއްސީ އެފަދަ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ގޭގެއަށް ގޮސް ބަލި މީހުން ބެލުމަށް.” ސެންޓަރުން ބުންޏެވެ.

އެޑްވާންސް ޑައިގްނޯސްޓިކް ސެންޓަރ ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

އެޕޮއިންޓްމެންޓް ހެއްދެވުމަށާ މައުލުމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7785320 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top