އުމުރުން ދުވަސްވާވަރަކަށް ހަށިގަނޑަށްދޭ ސަމާލުކަން އިތުރުކުރަންވާނެ

Tips-On-How-To-Have-A-Healthy-Lifestyle.jpg

vegetable exercise woman

އުމުރުން ދުވަސްވަމުުންދާވަރަކަށް ހަށިގަނޑާމެދު ސަމާލުވާން ޖެހޭ އެއްސަބަބަކީ ދުވަސްވަމުންދާވަރަކަށް ހަށިގަނޑުގެހަކަތަ ދަށްދަމުންދާތީއެވެ.ދެވަނަ ސަބަބަކީ ދުވަސްވަމުންދާ ވަރަކަށް ގައިންގަޔަށް ނާރާ ބަލިތަކާއި ވާރުތަވާ ބަލިތަކުން ރައްކާތެރިވެވޭނީ ހަށިގަނޑާމެދު ދުރާލައި ސަމާލުކަން ދީގެން ކަމަށްވާތީއެވެ.

ހަށިގަނޑުގައި ރޫޖެހުމާ ދުވަސްވުމުން މުސްކުޅިވުމަކީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ބަދަލެކެވެ. އެހެންނަމަވެސް އެބަދަލު އައުން ލަސްކުރެވޭނެ ގޮތްތައް ބެލުމަކީ ޒުވާންކަން އަލުން ބޭނުންވާތީ ކުރާކަމެއްގެ ގޮތުގައި ބެލެވިގެންނުވާނެއެވެ. އެކަމަކު އެއީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރަނގަޅުކާނާއަކީ ކޮބައިކަން ދެނެގަތުމާ އެފަދަކާނާ ބޭނުންކުރުމާއެކު ހަށިގަނޑަށް ގެއްލުންލިބޭ ކާނާ ދޫކޮށްލަންޖެހެއެވެ. މިގޮތަށް ކެއުން ބެހެއްޓުމަށްފަހު ހެލިފެލިވެއުޅޭނަމަ ގިނަ ދުވަހު ބަލިތަކާ ދުރުގައި ،އެމީހާގެ އުމުރަށްވުރެ ދިހަ ބާރަ އަހަރު ހަގު މީހެއްގެ ގޮތުގައި ދައްކާނެ އެވެ.

އެކްސްޕާޓުން ބުނަނީ ހަށިގަނޑުރީތިކޮށް ބެހެއްޓުމާ ކަށިވަރުގަދަ ކޮށްދިނުމާ ދަތްތަކާ އިސްތަށިގަނޑު ދުޅަހެޔޮކަމުގައި ބެހެއްޓުމަށް މިދަންނަވާ ކާނާ ދުވާލުގެ ޑައިޓްގައި ހިމަނާށެވެ.

ފެހިކުލަގަދަ ފަތް : ކެއުމުގައި ފެހިކުލަގަދަފަތް ބޭނުންކުރާށެވެ. އަހަރެމެންގެ ތެރޭގައި ވަރަށް އާއްމުކޮށް ލިބެންހުންނަ މުރަނގައާ ތިޔަރަ އަދި މާބުޅާފަތަކީ ބްރޮކޮލީ އާއި ސްޕިނިޗްއާ އެއްވަރުގެ ނުވަތަ އެއަށްވުރެވެސްބޮޑަށް ހަށިގަނޑަށް ފައިދާކުރާ ފަތްފަތެވެެ. މިބާވަތުގެފަތް ލޯޑްވެފައިހުންނަނީ އެންޓިއޮކްސިޑެންޓުންނެވެ. ޚާއްސަކޮށް ލޮލުގެ ބަލިތަކާ ލޯ ސާފުކަމާއެކު ފުރިހަމަ ސިއްހަތުގައި ބެހެއްޓުމަށް މިއީ ބޭނުންތެރިކަމެކެވެ. މިބާވަތުގެ ފަތުގައި ވިޓަމިން ސީ،ވިޓަމިންބީ ،ވިޓަމިންއީ ،ޕޮޓޭސިއަމްއާއި ކެލްސިއަމް އަދި ދަނގަޑުގެ ބަޔާއި މެގްނޭސިއަމް އާއި އޮމެގާ3 ގިނަ އަދަދަކަށްއެކުލެވިފައި ވެއެވެ.

ނަޓްސް: ދެވަނައަށް ފާހަގަކޮށްފައިވަނީ އެކި ވައްތަރުގެނަޓްސްްއެވެ. ހަންގަނޑު ރޫޖެހުުމުން ސަލާމަތްކޮށް ރީތިކޮށްބެހެއްޓުމަށާއި އިސްތަށިގަނޑުވަރުގަދަކުރުމުގެ އިތުރުން ކަށި ވަރުގަދަކުރުމަށްވެސް އެކި ވައްތަރުގެ ނަޓްސް ކެއުމަށްލަފާދީފައިވެއެވެެ. ވޯލްނަޓް، އާމަންޑް ނަޓްފަދަ ވައްތަރުތަކެވެ. މީގެ ތެރެއަށް އޮމެގާ3 އާއި ވިޓަމިން އީ އިތުރު ކޮށްލާށެވެ.

ކިވީ : ވިޓަމިން ސީއާއި އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ މޭވާއަކަށް ވާތީ ހަންގަނޑުގައި ރޫޖެހުމުން ސަލާމަތްކޮށްދިނުމާއި ދަތްތަކާއި ކަށި ވަރުގަދަކުރުމަށް އެހީވެދެއެވެ.
ބްލެކްޗޮކްލެޓް : އަލްޓްރާ ވައިލެޓުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ދިފާއުކޮށްދިނުމާއި ހަންގަނޑު ތާޒާކޮށް ގިނައިރު ބަހައްޓައިދެއެވެ.މި ވައްތަރުގެ ޗޮކްލެޓްގައި %60 ކޮކޯ އެކުލެވިފައިވާތީ ވަރަށް ގިނަ ބަލިތަކުން ދިފާއު ކުރުމަށް އެހީވެދޭނެއެވެ. ހިތުގެ ބަލިތައް ފަދަ ބަލިތަކެވެ.

ޔޯގަޓް : އެއްތަށި ޔޯގަޓްގައި ކިރުތައްޓަކަށްވުރެ ގިނައިން ކެލްސިއަމް ހުރެއެވެ. ކެލްސިއަމްއަކީ ކަށި ވަރުގަދަކުރުމަށް ބޭނުންވާ އެންމެ މައިގަނޑު ކާނާއެވެ. ނިޔަފައްޗާ ދަތްތަކަށްވެސް އެންމެ ބޭނުންވާ މާއްދާއެވެ. ޔޯގަޓްތައްޓެއްގެ އިތުރުން މާމުޔާއެކު އާފަލާ ފޮނިތޮށި ހިނައިގެން ހެނދުނުގެ ނާސްތާ ކުރާނަމަ އެހެރީ އެންމެ މޮޅު ނާސްތާއެއް ކުރެވިފައެވެ. އޭގެ ފައިދާ ހަށިގަނޑުން ފެންނާކަށް ލަހެއް ނުވާނެއެވެ.

އަލުވި : އަލުތްވަކީ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެންމެ އަލުއްތްވެއްގައިވެސް އޮރެންޖެއްގައި ހުންނަވަރަށް ވިޓަމިންޗީ ލިބެންހުރެއެވެ.ވިޓަމިން އޭއާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މިކާނާއަކީ ލޮލުގެ ފެނުމަށް މައްސަލަ ދިމާވާ މީހުން ނަށްއޮތް އެކަމުގެހައްލެވެ. ހަށިގަނޑު ދޫވުމާއި ރޫޖެހުން ލަސްކުރުވުމަށް ވެސް ގިނައިން އަލުވި ބޭނުންކުރުމަށް ލަފާދީފައިވެއެވެ. ފުރިހަމަ ފައިދާ ހޯދުމަށް އަލުވި އެހެންއެއްޗަކާއެއްކޮށް ބޭނުންކުރާނަމަ ޒައިތޫނި ތެލާއެކު ބޭނުން ކުރުމުން ނަތީޖާ ފެނުން އަވަސްވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top