ވޯޓުލާ ވަގުތު އިތުރުކޮށްފި

iaBK7aCYfsxHkLUWh3Ja1yHKOTweCGuJiuiZT91c.webp

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ގައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް މަޖިލިސް އިންތިޚާބުގެ ވޯޓުލާ ވަގުތު 8:00 އިން 5:30 އާ ހަމައަށް އިތުރުކުރުމަށެވެ. އެގޮތަށް ނިންމީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން ވޯޓު ގުނަން ފަށާނީ އިރުއޮއްސި 6:00 ގައެވެ.

ކުރިން ނިންމާފައިއޮތީ އާންމުކޮށްވެސް ވޯޓުލާ ވަގުތު، ހެނދުނު 08:00 އިން ހަވީރު 04:00 އާ ދެމެދު ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި ވޯޓުލާ ވަގުތު އިތުރުކުރަން ގައުމީ ލަފާދޭ ކޮމިޓީގައި އިއްޔެ މަޝްވަރާ ކޮށްފައިވެ އެވެ.

އިއްޔެ ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ވޯޓުލާ ދުވަހު ވޯޓުލާ ގަޑިއަަށް އިތުރު ބަދަލެއް ގެނައުމުގެ ބަދަލުގައި މިހާރު އެކަމަށް ބަދަލެއް ގެނައުމާމެދު ގައުމީ ލަފާދޭ ކޮމިޓީން ގޮތެއް ނިންމަވައި ދެއްވުން އެދޭ ކަމަށެވެ.

އެގޮތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ފަރާތްތަކުން ވަނީ ވޯޓުލާ ވަގުތަށް އެއްގަޑިއިރު އިތުރު ކުރުމަށް ތާޢީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top