ރިސޯޓު މުވައްޒަފުން ރޭގަނޑު ރަށަށް ދެވޭގޮތް ހަދަނީ .

Soneva.jpg

އޭދަފުށީގެ އުތުރު ފަރާތުގައި އޮންނަ ސޮނެވާފުށި ރިސޯޓް -ފޮޓޯ :ލަގްޒަރީ ޓްރެވަލް އެޑްވައިޒަރ

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރޭގަނޑު ރަށަށް ދެވޭ ގޮތް ހަދަން ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވައިފި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނާމެދު ގިނަ ރިސޯޓުތަކުގައި ކަންތައް ކުރާ ގޮތަކީ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް މުވައްޒަފުގެ އަމިއްލަ ރަށް ކިތަންމެ ކައިރީގައި އޮތަސް ރިސޯޓުން ހުއްދަ ނުދޭނަމަ ރިސޯޓުގައި މަޑުކުރަންޖެހޭ ގޮތަށެވެ.

ހިސާން ވިދާޅުވީ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

“މުވައްޒަފަކު އޭނާ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ.” ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ކުދިންނަށް އެމީހުންގެ ޑިއުޓީ ގަޑި ނިމުނީމަ ނައިޓަށް ދެވެން ޖެހޭނެ ކަމަށް ކެމްޕޭނު ތަކުގައިވެސް ދަންނަވާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

“އެއީ އަޅުގަނޑުމެން ވީ ވައުދެއް. އަޅުގަނޑުމެން މި ދަނީ އެ ވައުދު ފުއްދަން މިއަދު،” ހިސާން ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. ހިސާން ވިދާޅުވީ “ރިސޯޓުތަކުގެ މުވައްޒަފުންނަށް މިއަދުގެ ފަހުން ނައިޓަށް ދެވޭނެ” ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top