ފޭސްބުކް ރީބްރޭންޑް ކޮށްފި. އާނަމަކީ ”މެޓަ“

large_1635461220195Zcz.jpg

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް، ފޭސްބުކް ރީބްރޭންޑްކޮށް ފޭސްބުކްގެ ކޯޕަރޭޓް ނަން، ފޭސްބުކް އިންކް “މެޓާ އިންކް.” އަށް ބަދަލުކޮށްފި އެވެ.

އެކަން އިއުލާނު ކުރީ ރޭ ބޭއްވި ފޭސްބުކް ކަނެކްޓް ކޮންފަރެންސް ގައި އެ ކުންފުނީގެ ސީއީއޯ، މާކް ޒަކަބާގްއެވެ.

މާކް ޒަކަބާގް އިއުލާނު ކުރި ގޮތުގައި ނަން ބަދަލުވީ ހަމައެކަނި ކުންފުނީގެ އެވެ. ފޭސްބުކް އޮންނާނީ އަދިވެސް ހަމަ އެ ނަމުގަ އެވެ. “މެޓަ” ގެ ނަން ކުންފުންޏަށް ދީ މީގެ ކުރިން ފޭސްބުކްގެ ދަށުން ހިންގަމުން އައި ހުރިހާ ހިދުމަތްތަކެއް މެޓަ ގެ ދަށަށް ބަދަލުކުރާނެ އެވެ.

މިއީ ފޭސްބުކުން ތަރައްގީކުރަމުން އަންނަ ވާޗުއަލް ވޯލްޑާ ގުޅުވާލުމަށް ކުންފުނީގެ ނަމަށް ގެނައި ބަދަލެއްކަމަށް މާކް ބުނި ނަމަވެސް ފާޑުކިޔާ މީހުން ބުނަނީ މިއީ ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ސީރިއަސް ބޮޑެތި ތުހުމަތުތަކުން ރެކެންވެގެން މާކް ކުރި ކަމެއް ކަމެކެވެ.

މިބަދަލުތައް ކުންފުންޏަށް އައިކަމަށް ވިޔަސް ސޯޝަލް ނެޓްވޯކް ފޭސްބުކް ހަމަ އެ ނަމުގައި އޮންނާނެ އެވެ. “މެޓަ” ގެ ނަން ދިނީ ކުންފުންޏަށެވެ. އަދި ކުންފުންޏަށް ވަނީ އާ ލޯގޯއެއް ވެސް ހަދައިފަ އެވެ.

މާކްގެ ދުރު ރާސްތާ އަމާޒަކީ ވެސް “މެޓަވާސް”ގެ ނަމުގައި މީހުންނަށް ގޭމު ކުޅެ، މަސައްކަތް ކޮށް، އެކަކު އަނެކަކާ މުއާމަލާތް ކުރެވޭ ފަދަ ވާޗުއަލް ވެއްޓެއް ގާއިމު ކުރުން ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

އެހެން ނަމަވެސް، ފޭސްބުކްގެ ދަށުން ހިންގާ ވާޗުއަލް ރިއަލިޓީ ހެޑްސެޓާއި ގޭމު އަދި އިކުއިޕްމަންޓް އުފައްދާ އޮކިއުލަސް ވެސް އަންނަ އަހަރުގެ ކުރީ ކޮޅުގައި ރީބްރޭންޑު ކުރާނެކަން ރޭގެ އިވެންޓުގައި ވަނީ އިއުލާނުކޮށްފައެވެ.

ފޭސްބުކްގެ ކޯޕަރޭޓް ނަން ބަދަލު ކުރުމާއެކު ކެލިފޯނިއާގެ މެންލޯ ޕާކުގައި ހުންނަ ފޭސްބުކްގެ ހެޑްކުއާޓާޒްގެ ސައިން ބޯޑު ވެސް ވަނީ އާ ބްރޭންޑިން ނަމަށް ބަދަލުކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top