ކުރިއަށް އޮތް ތިންމަހު ވިލާގެ މުވައްޒަފުންނަށް މަހަކު އެއްހާސް ރުފިޔާ

Royal-Island-Resort-Spa-pool-and-restaurant.jpg

ވިލާ އިން ބ.އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް

ބ.އަތޮޅުގެ ގިނަ ބަޔަކުވެސް ވަޒީފާ އަދާ ކުރަމުން އަންނަ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުނިން ކުރިއަށް އޮތް ތިން މަހު މުސާރައިގެ ގޮތުގައި ލިބޭނީ މަހަކު 1000ރުފިޔާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މިދިޔަ މާރޗް މަހުގެ ބޮޑުބައެއްގައި ރިޒޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ ލިބުނު އާމްދަނީ ވަރަށް ބޮޑު ތަނުން ދަށްވެފައިވީ ނަމަވެސް، މާރޗް މަހުގެ މުސާރައާއި އިނާޔަތްތަކުން އެއްވެސް އަދަދެއް އުނިކޮށްފައެއް ނުވާނެ ކަމަށެވެ.

“ރިޒޯޓު ތަކުން އެއްވެސް އާމްދަނީއެއް ލިބޭނެ ގޮތެއްނެތް މި ހާލަތުގައި ކުރީން ކަނޑައަޅާފައިވާ ގޮތަށް މިހިގާ އެޕްރީލް އިން ފެށިގެން މުސާރަ ވަކިވަރަކަށް އުނިކޮށްގެންވެސް ދެވޭނެ އެއްވެސް ގޮތެއް ނެތުމާއި އެކު އެޕްރީލް، މޭ އަދި ޖޫން 2020 ގެ މުސާރައިގެ ގޮތުގައި ދެވޭނެ ކަމަށް ބެލެވެނީ ކޮންމެ މުވައްޒަފަކަށްވެސް 1000 ރުފިޔާ.” ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނީ މުވައްޒަފުން ރިޒޯޓުގައި ނެތި އެމީހެއްގެ ރަށުގައި ތިއްބަސް މުސާރައާއި ސަރވިސްޗާޖާއި ރޯދަމަހުގެ އިނާޔަތުގެ ފައިސާ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށް، އެކަން ހިއްސާ ކުރެވޭނެ ކަަމަށް ވެސް ބުނެފައިވެއެވެ.

އަދި ޖޫން 2020 ގެ ނިޔަަލަށް ރިސޯޓުތައް އޮޕަރޭޝަނަށް ނުގެނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމައި އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

މި ނިންމުމަކީ މިހާތަނަށް ކުންފުނިން ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި މިގޮތަށް ނިންމީ މިހާލަތުގައިވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުން ނުވާތީއާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް އެ ފައިސާއެއް ހަމަހަމަޔަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުގައި ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top