ބްރެޒިލްގެ ރޮނާލްޑޯ ރާއްޖޭގައި

l_149458902865Hb7D.jpeg

ރޮނާލްޑޯ ، ލޯބިވެރިޔާ އާއެކު ރާއްޖޭގައި

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ ލުއިސް ނަޒާރިއޯ ޑަލީމާ ރާއްޖޭގެ ރީތި މާހައުލުގައި އޭނާގެ ލޯބިވެރިޔާއާއެކު ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ ޝެވަލް ބްލެންކް އާއި ލޯބިވެރިޔާ ސެލީނާ އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ފޮޓޯ ތަކަށް ބަލާއިރު އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ މީގެ ތިންހަތަރު ދުވަސްކުރިން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެ ދަތުރާ ބެހޭ މައުލޫމާތު ތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކްލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ އަކީ ބްރެޒިލް ގައުމީ ޓީމާއެކު 1994 އާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މަޝްހޫރު މޮޅު ކުޅުންތެރިއެކެވެ.

އަނިޔާގެ މައްސަލަތަކާއި ގުޅިގެން ކެރިއަރަށް ނުބައި އަސަރުތަކެއް ކުރި ނަމަވެސް ރޮނާލްޑޯ ވަނީ ފީފާ ބެލެންޑޯ ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާވަނީ  ޔޫރަޕްގެ ގޯލްޑަން ބޫޓް 1996 ވަނަ އަހަރުކާމިޔާބުކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top