ދަރަވަންދޫގައި ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފަށައިފި

big_AJuZex78KxO1TmO.jpg

ދިރާދު ފައިބާ ބްރޯޑްބޭންޑް އިންޓަރނެޓް ގެ ޚިދުމަތް ދިނުން ފެށުމަށް އިއްޔެ ދަރަވަންދޫގައި އޮތް ރަސްމިއްޔާތު - ފޮޓޯ :ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ބ. ދަރަވަންދޫގައި ފަށައިފި އެވެ.

މި ޚިދުމަތް ދިނުމަށް ފަށާފައިވަނީ  އިއްޔެ މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބ.އަތޮޅުގައި އަލަށް ދެވޭ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖުގެ ދަށުން އިންޓަނެޓް ގެ ސްޕީޑު 100 އެމްބީޕީއެސް އާ ހަމަޔަށް ލިބިގެންދާއިރު އެލަވަންސް އެއްގެ ގޮތުގައި އެއް ޓީބީ ވެސް ހިމެނެ އެވެ.

ދަރަވަންދޫގެ ގިނަ ވިޔަފާރިތަކާއި ގެތަކުން އެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ދިރާގުގެ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެ ހިދުމަތަށް އެދޭ ފަރާތްތަކަށް ކަނެކްޝަނެއް ހިލޭ ގުޅާ ދޭނެ ކަމަށް ވެސް މުއާސަލާތީ އެ ކުންފުނިން ބުންޏެވެ.

ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ އާ ހުޅުމާލެ އާ ވިލިމާލެ އާ ކ. މާފުށީގެ އިތުރުން ލ. ގަމުގަ އެވެ.ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top