އިފުރު އެއާޕޯޓް ވިއްކާލަނީ، ބ. ފަސްދޭތެރެ ފުނަދުއާ ވެސް އެކު.

l_143289157515iszP.jpg

އިފުރު އެއާޕޯޓް -ފޮޓޯ :ސަން އޮންލައިން

ރ.އިފުރުގައި ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ (ޓީއެސްއެމްއައިސީ) އިން ތަރައްގީ ކޮށްފައިވާ އެއާޕޯޓާއި އެ ރަށުގައި ގާއިމްކޮށްފައިވާ ރިސޯޓް ހޮޓަލާއެކު މި ޕެކެޖްގައި ބ. އަތޮޅުގެ ފަޅުރަށެއްކަމުގައިވާ ފަސްދޭތެރެ ފުނަދޫވެސް ހިމަނައި މިތަންތަން 65 މިލިޔަން ޑޮލަރަށް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

ސީޕްލޭންގައި މާލެއިން ފުރައިގެން 25-35 މިނެޓުން ދެވޭ ބ. ފުނަދޫ ވިއްކާލުމަށް ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން އިއުލާނު ކޮށްފައިވާ އިރު 11.69 ހެކްޓަރުގެ ފުނަދޫ އަކީ 90 ވިލާގެ ރިސޯޓެއް ތަރައްގީ ކުރުމަށް އެކުންފުނިން ނިންމާފައިވާ ރަށެކެވެ. މިރަށް ވިއްކާލުމަށް ނިންމާފައިވަނީ އެކުންފުނީގެ ރިސޯޓު ހެދުމުގެ ކޮންސެޕްޓާއިވެސް އެކުގައިކަމަށް އެކުންފުނިން ކުރިން ބުނެފައިވެ އެވެ. ބުނެއެވެ.

އިފުރުގައި އިންވެސްޓްކޮށް ތަރައްގީ ކޮށްފައިވާ އެއާޕޯޓާއި ހޮޓާ ވިއްކާލަން މީގެ ކުރިން ވެސް އިއުލާން ކުރިއެވެ. އެކަމަކު އެ ފަހަރު ވިއްކާނެ އަގެެއް ނުބުނެއެވެ.

ރ. އިފުރަކީ 56.52 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ޓޫރިސްޓް ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށްފައިވާ އެ ރަށުގައި އެއާޕޯޓްގެ އިތުރުން 300 އެނދު ހިމެނޭ ބީޗްވިލާތަކާއި ހޮޓާތައް ހުރެއެވެ.

2015 އަހަރުން ފެށިގެން އެއާޕޯޓު އޮޕަރޭޓު ކުރަމުންދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top