ތުޅާދޫން 50 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް ހޮވައިފި

big_O9FSoBCFo4xyHIOJhjZga99wc.jpg

ތުޅާދޫގައި ކުރިން އަޅާފައިވާ ރޯހައުސް ޔުނިޓް ތަކެއް--ފޮޓޯ :ޕީއެސް އެމް

ސަރުކާރުން ބ.ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން އިމާރާތްކޮށް ނިމިފައިވާ 50 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް ހޮވައިފިއެވެ.

މި ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނި އެ ރަށުގެ ރައްޔިތުންނަށް ވަނީ 21 ހައުސިންގ ޔުނިޓް ލިބިފައެވެ.

މި ކެޓަގަރީގައި ހިމެނި އެ ރަށުން ބޭރުގެ 5 ފަރާތަކަށް ހައުސިންގ ޔުނިޓް ލިބިފައެވެ.

ޕޮއިންޓް ހަމަވެގެން ބީ ކެޓަގަރީގެ ނަންތައް ހޮވާފައި ވަނީ ގުރުއަތު ނަގައިގެންނެވެ. ބީ ކެޓަގަރީގައި ޕޮއިންޓް ހަމަވެގެން 137 ފަރާތެއްވަނީ ހޮވިފައެވެ. މީގެތެރެއިން 24 ފަރާތުގެ މެދުގައި ނެގުނު ގުރުއަތުލުން ނަގާފައި ވަނީ ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރެވެ.

މި 50 ހައުސިންގ ޔުނިޓުގެ ތެރެއިން ދެމަފިރިންނަށް ހައުސިންގ ޔުނިޓް ލިބުނު ދެ ފަރާތެއްވަނީ ދޫކޮށްލާފައެވެ. އަދި މި ދެ ޔުނިޓް ދޫކޮށްލުމުން ގުރުއަތު ނަގައި އެ ދެ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ވެސް ވަނީ ހޮވާފައެވެ.

ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ، 50 ހައުސިން ޔުނިޓަށް 314 ފަރާތަކުން ވަނީ ފޯމް ހުށައަޅާއިވާއިރު އެރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯއްޗައް އެދި 510 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top