ގިނަ ޒުވާނުން ދިރިއުޅެނީ ވަޒީފާ އަދާނުކޮށް!

DSCN4862.jpg

ރާއްޖޭގެ ގިނަ ޒުވާނުން ނުވަތަ ޒުވާނުންގެ 56 އިންސައްތަ ދިރިއުޅެނީ އެއްވެސް ވަޒީފާއެއް އަދާނުކޮށް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން އެ ބިއުރޯއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި 56 އިންސައްތައިގެ ތެރޭގައި ތައުލީމް ހާސިލްކުރަމުން ނުދާ ޒުވާނުންނާއި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުން ނުދާ ޒުވާނުންވެސް ހިމެނެއެވެ.

އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ތައުލީމް، ވަޒީފާ އަދި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުންނުދާ ޒުވާނުންގެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އަންހެނުންނެވެ. އެއީ 56 އިންސައްތައިގެ 41 އިންސައްތައެވެ. ފިރިހެނުންގެ އިންސައްތައަކީ 15 އެވެ.

އަދި އޭގެ ތެރޭގައި އުމުރު ފުރާއިން ބަލާނަމަ އެންމެ ގިނައީ އުމުރުން 32 އަހަރު އަންހެނުންނެވެ. ދެން 33 އަހަރުގެ އަންހެނުންނާއި 31 އަހަރުގެ އަންހެނުންނެވެ. ފިރިހެނުންގެ ތެރެއިން އެންމެ ގިނައީ 19 އަހަރުގެ ޒުވާނުންނެވެ. ދެން 18 އަހަރާއި 21 އަހަރުގެ ޒުވާނުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ ބޮޑު އިންސައްތަ އަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. އެގޮތުން ދެ ޖިންސުގެ ވެސް 98 އިންސައްތަ ޒުވާނުންނަށް ލިޔަން ކިޔަން އެނގެއެވެ.

އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަނީ 78 އިންސައްތަ ފިރިހެނުންނާއި 74 އިންސައްތަ އަންހެނުންނެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަަހަރެވެ. ނަަމަވެސް ބައިނަލްއަގްވާމީ ގޮތުން ޒުވާނެއްގެ ގޮތުގައި ބަލަނީ އުމުރުން 15 އަހަރާއި 24 އަހަރުގެ މީހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top