ސާވޭ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ހޯދަން ސްކޭމެއް!

jkjk.jpg

ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް ނެރުނު ބަޔާނުގައި ބުނީ، ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭ ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުން ގެންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މިފަދަ ލިއުންތައް ހިއްސާ ނުކުުރުމަށް އިލްތިމާސް ކޮށްފައެވެ.

ރަސްމީ ލިޔެކިޔުންތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކިއެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްޓް ފަދަ އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތަކަކަށްވާތީ އެފަދަ ތަކެތި އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އެކި ނަންނަމުގައި ހިންގާ ސްކޭމްތައް އިތުރު ވުމާއެކު ބައެއް ފަހަރު ޒާތީ މައުލޫމާތު ހޯދައިގެން އެހެން މީހެއްގެ ނަމުގައި ސްކޭމްތައް ހިންގާފައި އެބަހުއްޓެވެ. މިގޮތަށް ހިންގޭ ސްކޭމްތަކުން އެތައް ބަޔަކަށް މާލީ ގެއްލުންތައް ކުރިމަތިވެފައިވާއިރު، ކަމާއި ގުޅޭ އިދާރާތަކުން ދަނީ ލިންކުތަކަށް ނުފިތާ އަދި ޒާތީ މައުލޫމާތު އިތުބާރު ނުކުރެވޭ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top