ބ. ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފި

viligili-faru-finolhu-1140x570-1.png

ބ.ވިލިގިނލިފަރު ފިނޮޅު (ރޯޔަލް ފިނޮޅު) 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފިއެވެ.

މި ފިނޮޅު ކުއްޔަށް ދޫކޮށްފައިވަނީ ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މއ.ފްރީޕާކް މުހްދިން އާމިރު (777813) އާއެވެ.

10 އަހަރު ދުވަހަށް މުހްދިން އެ ފިނޮޅު ކުއްޔަށް ހިފީ 12 މިލިއަން ރުފިޔާއަށެވެ.

ބ.އަތޮޅު ކައުންސިލުން ބުނީ 01 މެއި 2024 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އޭނާއާ ބ.ވިލިގިލިފަރު ފިނޮޅު ހަވާލުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ވިލިގިނލިފަރު ފިނޮޅަށް އެރުމާއި ބޭނުންކުރަންވާނީ އެ ފަރާތުގެ ހުއްދަ ހޯދުމަށްފަހުކަމަށް ބ.އަތޮޅު ކައުންސިލުން ވަނީ އަންގާފައެވެ.

ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ވަގުތީގޮތުން ބެލެހެއްޓުމަށް 2022 ވަނަ އަހަރު ވެސް ތިން ފަރާތަކަށް ކުއްޔަށްދިނެވެ. މި ހަތަރުފިނޮޅު ކުއްޔަށް ދީގެން މިދިޔަ އަހަރު އަތޮޅު ކައުންސިލަށް 2.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top