ކުޑަރިކިލު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ސަސްޕެންޑްކޮށްފި

kudari.jpg

ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ބ.ކުޑަރިކިލު ކައުންސިލުގެ އިދާރާއިން ގެއްލުމުގެ ތުހުމަތުގައި ކުޑަރިކިލު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ސަސްޕެންޑް ކޮށްފިއެވެ.

މިފައިސާ ގެއްލިފައިވާކަން އެނގުނީ މިމަހުގެ 17 ވަނަދުވަހު ކައުންސިލްތަކުގެ އާންމު އޮޑިޓެއް ކުރުމުންނެވެ.

އޮޑިޓް އޮފީހުން މިމައްސަލައާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުންވަނީ މިފައިސާ ނެގިކަމަށް އިއުތިރާފު ވެފައިކަމަށާ އަދި ކައުންސިލްގެ ރައީސާއި ފައިނޭންސް އޮފިސަރުގެ ސޮއިވެސް އަމިއްލައަށް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާ ކަމުގައެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވީ މިފައިސާ ގެއްލުނުކަން ނުވަތަ އެކައުންޓުން ފައިސާ މަދުވިކަން ކުރިން ނޭނގޭ ކަމަށާ އެކަން އެނގުނީ މިމަހުގެ 17ވަނަ ދުވަހު ކައުންސިލްތަކުގެ އާންމު އޮޑިޓް ކުރުމުން ކަމަށެވެ.

މި މައްސަލަ މިހާރު އަންނަނީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top