އޭދަފުށީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކޮށްފި

52868328_10156498323832217_6567419816410349568_n.jpg

ރަށު ކައުންސިލުން ރޭ ބޭއްވި ބައްދަލު ވުމުގައި ބައިވެރިވި މީހުން

އޭދަފުށީ ކައުންސިލުން އޭދަފުށީގެ ރައްޔިތުންނާ ބައްދަލު ކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާ ގައިބުނާ ކޮންމެ އަހަރެއްގެ ފެބްރުއަރީމަސް ހުސްވުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލްގެ އަހަރީ ރިޕޯޓާ މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ ގޮތުން ބާއްވަންޖެހޭ މި ބައްދަލުވުން އޮތީ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ މާލަމުގައެވެ.

ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައި މިބައްދަލުވުމަށް ހާޒިރުވެފައިވަނީ އެންމެ އަންހެނަކާއެކު ޖުމްލަ 15ވަރަކަށް މީހުންނެވެ.

މި ބައްދަލުވުމުގައި ރަށު ކައުންސިލްގެ ފަރާތުން ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އިއްވުން އޮތެވެ. ހަމައެއާއެކު ކައުންސިލްގެ ރިޕޯޓްގައި ވޭތުވެދިޔަ އަހަރު ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ފަދަ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަން ފާހަގަ ކުރެވުނެވެ. އެއީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ރިޕޯޓުގައި މިއަހަރު ރަށުގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންތައް ތަކުގެ ތެރޭގައި ހިމެނެނީ ކުރީ އަހަރު ތަކުގައިވެސް އެ އަހަރުގެ ތެރޭގައި ކުރަން ފާހަގަ ކޮށް ނުކުރެވިހުރި ކަންކަމެވެ. އޭގެ ތެރޭގައި މަސްމާރުކޭޓެއް އެޅުމާ ފެރީ ޓާމިނަލް އާއި މޫދަށް އެރޭ ތަނެއް ހެދުން ހިމެނެއެވެ. އިތުރަށް މިއަހަރުގެ ރިޕޯޓްގައި ހިމަނާފައިވަނީ ދިދަ ޕޯސްޓެއް ހެދުމެވެ.

ކައުންސިލުގެ ފަރާތުން މިއަހަރުގެ ތެރޭގައި ކުރަން އުއްމީދު ކުރާ ކަންތައްތަކުގެ ތެރޭގައި ރަށުގެ ބޮޑު މިސްކިތުގެ ހަރިއްމަ ފާރުން އެތެރޭގައި މިހާރު ގާ ޖަހާފައި ހުރި ބައިގައި މާބުލް ޖެހުމާއި އަންހެނުން ނަމާދު ކުރާ ދެމިސްކިތް މަރާމާތު ކުރުން ހިމެނެއެެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top