ޔޫސުފްގެ ކެންޑިޑެސީ އީސީއިން ބަލައިގެންފި

0-02-03-e0d47b2daf9e33470d8f4ac5c219749907a49c52af6cc59fc482b76b881826c8_a543a200.jpg

ލޭބަރ ޕާޓީގެ ޓިކެޓްގައި އޭދަފުށި ދާއިރާ އަށް ވާދަކުރައްވާ އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާ

މޯލްޑިވްސް ލޭބަރ އެންޑްސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ ) އިން ބަލައިގެންފިއެވެ.

ކެންޑިޑެސީ ބަލައިގަތުމާ ގުޅިގެން ޔޫސުފް ” އޭދަފުށީ ވޮއިސް” (އީވީ )އާ ވާހަކަ ދައްކަވަމުން ވިދާޅުވީ  ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ލޭބަރ ޕާޓީގެ ފަރާތުން މިދާއިރާ އަށް ވާދަކުރަން ނިންމީ މެނިފެސްޓޯ އަކާވެސް އެކުގައި ކަމަށެވެ. އެގޮތުން މެނިފެސްޓޯގެ އެންމެ އުސް އަލި ތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް ބޭސިކް އިންކަމެއްގެ ގޮތުގައި މަހަކު 2220 ރުފިޔާ ދިނުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމެވެ.

“ދެވަނަ ކަމަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުން ގާނޫނީ ބާރުތަކެއް މިދާއިރާއަށް އިތުރަށް ހޯދައިދިނުން. އެގޮތުން މިހާރު ރިސޯޓްތަކުން ދޭ ސާވިސް ޗާޖު 10 އިންސައްތައިން 12 އިންސައްތަ އަށް ބޮޑުކުރުމަށް ބިލެއް ހުށަހަޅާނަން .” ޓޫރިޒަމް ދާއިރާގެ މަތީ ލެވެލްގައި މަސައްކަތްކުރުމުގައި ގިނަ އަހަުތަކެއް ވެފައިވާ ޔޫސުފް ވިދާޅުވިއެވެ.

އިތުރަށް ދެން އޮންނާނެ އެންމެ މުހިއްމު ކަމަކީ މި ދާއިރާގެ ރަށްރަށް ތަރައްގީ ކުރުމާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްލޭނަށް އަމަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ ލޭބަރޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނިކުމެ ހުރި ނަމަވެސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ހެވާ ލާބަހުރި ކޮންމެ ކަމެއްގައިވެސް އެއްބާރުލުން ދޭނެ ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top