ދިވެހި އަންހެނުން ދަރިމައިވާ އަދަދު ދަށަށް!

DSCN5201.jpg

ދިވެހި އަންހެނުން ދަރިމައިވާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބޯހިމެނުމުގެ ހިސާބުން ދައްކައިފިއެވެ.

ކުރީގެ އަހަރުތަކަށް ބަލާއިރު، 1990 ވަނަ އަހަރު އެވްރެޖްކޮށް ދިވެހި އަންހެނަކު ދަރިން ހޯދާ ނިސްބަތަކީ6.4 އެވެ. އަދި 2000 ވަނަ އަހަރު މި ނިސްބަތް 2.8 އަށް ވެއްޓިފައި ވާއިރު، 2006 ވަނަ އަހަރު އަނެއްކާވެސް އެ އަދަދު 2.2 އަށް ވަނީ ދަށް ވެފައެވެ.

އޭގެފަހުން 2014 ވަނަ އަހަރު އެ ނިސްބަތް 2.5 އަށް މަތިވި ނަމަވެސް މިދިޔަ އަހަރު ވަނީ 1.7 އަށް ވެއްޓިފައެވެ.

އެހެންކަމުން ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައި ކަމަށް ބެލެވިދާނެ އެވެ.

މޯލްޑިވްސް ސްޓެޓަސްޓިކަލް ބިއުރޯއިން މީގެ ކުރިން ލަފާކޮށްފައި ވާ ގޮތުގައި2050 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގައި އޮންނާނީ އުމުރުން ދުވަސްވީ މީހުންގެ ބޮޑު އާބާދީއެކެވެ.

މިދިޔަ އަހަރު ރާއްޖޭގައި ދިރިއުޅުނު ދިވެހިންގެ ލޭބަރފޯސް ޕާޓިސިޕޭޝަން ރޭޓަކީ 64 އިންސައްތަ ކަމަށް ބޯހިމެނުމުން ދައްކައެވެ. އޭގެތެރޭގައި ހިމެނެީ ފިރިހެނުންގެ80 އިންސައްތަ އާއި އަންހެނުންގެ49 އިންސައްތައެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 19 އިންސައްތައަކީ ދުވަހަކުވެސް ކައިވެނި ނުކުރާ މީހުން ކަމަށް ވެސް ބޯހިމެނުމުގެ ހިސާބުން ދައްކައެވެ. ބޯހިމެނުމުގެ މައުލޫމާތު އެއްކުރެވިގެން ދިޔައިރު، ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ15 އަހަރުން މަތީގެ 69 އިންސައްތަ އަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. އަދި9 އިންސައްތަ އަކީ ވަރިވެފައިވާ އާބާދީއެވެ.

މިހާރު ދިވެހި ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ515،132 އެވެ. އޭގެ ތެރޭގައި ހިމެނެނީ 382،639 ދިވެހިންނެވެ. އެއީ188،077 އަންހެނުންނާއި 194،562 ފިރިހެނުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top