ބ.ކެޔޮދޫގައި ވެލާފެޅި މީހުންނަށް ބޮޑު ޖޫރިމަނާއެއް !

356704_3_d25ac46b5400f6658e867d9176d839166150d210_large.jpg

ކެޔޮދޫގައި ފަޅައި ކެއްކި ވެލާތަކުގެ ބައިތައް -- ފޮޓޯ: ޕޮލިސް

ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށެއްކަމުގައިވާ ކެޔޮދޫގައި ވެލާތަކެއް ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ހަތް މީހަކު ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިކަމުގައި ބައިވެރިވި ހަތް މީހުން ޖޫރިމަނާ ކޮށްފައިވަނީ ކޮންމެ މީހަކު 198،000ރ. އިންނެވެ. އެހެންކަމުން އެ ހަތްމީހުން މުޅި ޖުމްލަ 1،386،000ރ. ޖޫރިމަނާގެ ގޮތުގައި އީޕީއޭ އަށް ދައްކަން ޖެހޭނެ އެވެ.

ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ މައުލޫމާތު ހޯދުމަށް “މިހާރު” އިން ހުށަހެޅި އާރުޓީއައި ފޯމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިން ޖަވާބުގައި ބުނީ އެ މީހުން ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގައި ކަމަށެވެ. ޖޫރިމަނާ ދެއްކުމަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ކެޔޮދޫގައި ބަޔަކު ވެލާ ފަޅާކަމުގެ މައުލޫމާތު ފުލުހުންނަށް މިދިޔަ ފެބްރުވަރީ މަހު 3ވަނަ ދުވަހު ލިބުމާއި ގުޅިގެން ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި އަތުލައިގަތީ ފަސް ފިރިހެނުންގެ ގޫރަޕަކުން ކަމަށް އީޕީއޭ އިން ކުރިން ބުނެފައިވެ އެވެ. އެ އެންމެންނަކީ ވެސް ބ. ކެންދޫ މީހުންނެވެ.

ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނި ގޮތުގައި އެރަށަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތެވެ. މިހުރިހާ ވެލައެއްވެސް އޮތީ މަރާލައި އޭގެ މަސްތަކާ ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅާފައެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރިކަމަށް މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top