ރިޔާސީ އިންތިޚާބުގައި ޖުމްލަ 604 ވޯޓުފޮށި

286e198e-0d08-451c-ac5c-0e65fbcdfe9d.jpeg

މިއަހަރުގެ 9 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭސިޓީ ރައްޔިތުންނަށް 61 ވޯޓު ފޮށި، މާލޭސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ އާދިއްތަ ދުވަހު ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 މާލޭސިޓީ ރައްޔިތުންނަށް 6 ވޯޓު ފޮށި، ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓު ފޮށި، ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް 1 ވޯޓު ފޮށި، ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިތުރުން ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް 6 ވޯޓު ފޮށި، ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް 4 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމައެހެންމެ އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓުތަކުގައި 78 ވޯޓު ފޮށި، މާފުށީ ޖަލުގައި 2 ވޯޓު ފޮށި ބަހައްޓާނެއެވެ.

މީގެ އިތުރުން އައްސޭރި ޖަލުގައި 1 ވޯޓު ފޮށި، ހުޅުމާލެ ޖަލު، ދޫނިދޫ، ހުޅުލެ، ތިލަފުށި، އިންޑިޔާގެ ޓްރިވެންޑްރަމްގައި، އިންޑިޔާގެ ނިއުދިއްލީ، މިއިން ކޮންމެ ތަނެއްގައި 1 ވޯޓު ފޮށި ބަހައްޓާނެއެވެ.

އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި 2 ވޯޓު ފޮށި، ސިންގަޕޫރުގައި 1 ވޯޓު ފޮށި، ސްރީލަންކާގެ ކޮލޮމްބޯގައި 4 ވޯޓު ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ވޯޓު ފޮށި، ތައިލެންޑްގެ ބެންކޮކްގައި 1 ވޯޓު ފޮށި، އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގައި 1 ވޯޓު ފޮށި، ޖަޕާންގެ ޓޯކިޔޯގައި 1 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓު ފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި މި ޓުވީޓުގައި ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top