ސޮނޭވާފުށިން ކުނި ރިސައިކަލް ކުރަން ފަށައިފި

big_o5sVkaHqGHoio72.jpg

ފޮޓޯ: ސޮނޭވާ

އޭދަފުއްޓާ ފައްސަތޭކައެއްހާ މީޓަރ ކައިރީގައި އޮންނަ ސޮނޭވާފުށިން ކުނި ރިސައިކަލް ކުރަން ފަށައިފިއެވެ. މިހާރުވެސް ތެޅިފައި ހުންނަ ބިއްލޫރި ރިސައިކަލް ކޮށްގެން ތަކެތި އުފައްދަމުން ގެންދާ ސޮނޭވާގެ “ޒީރޯ ވޭސްޓް” ސިޔާސަތުގެ ދަށުން،  ޕްލާސްޓިކް ރިސައިކަލް ކޮށްގެން ގޮނޑުދޮށަށް ލައްވެފައި ހުންނަ ޕްލާސްޓިކް ފުޅި ވިރުވާލައިގެން ސުވެނިއަ އާއި ގަސްޖަހާ ވަށިގަނޑާއި ކުޑަކުދިންނާ ގުުޅޭ ސާމާނު ފަދަ ތަކެތި އުފައްދަމުން ގެންދެއެވެ.

ސޮނޭވާފުށި ރިސޯޓަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އިންޑިއާގެ ރައްޔިތެއްކަމުގައިވާ ސޯނޫ ސިވްދާސަން އާއި އޭނާގެ އަންހެނުން ސުވިޑަންގެ ކުރީގެ ސުޕަ މޮޑެލް އީވާ އާ ދެމީހުންގެ ރިސޯޓެކެވެ. ބ. ކުންފުނަދޫގައި މީގެ 20 އަހަރުކުރިން ތަރައްގީ ކުރި މިރިސޯޓާއެކު މިހާރު ސޮނޭވާ ކުންފުނިން ރާއްޖޭގައި ދަނީ ފައިވްސްޓާރ ފެންވަރުގެ އިތުރު ތިން ރިސޯޓް ހިންގަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top