އޭދަފުށީގައި އިސްލާމިކް ބޭންކްގެ ފުރަތަމަ ސޭލްސް ސެންޓަރު ހުޅުވައިފި

IMG_20231101_095904-scaled.jpg

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފުރަތަމަ ސޭލްސް ސެންޓަރު މިއަދު އޭދަފުށީގައި ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް، އަހުމަދު އަފްރާހު އާއި އޭދަފުށީ ކައުންސިލުގެ ރައީސް  މުހައްމަދު ފާތިހު އެވެ.

މި ސެންޓަރަކީ ކަސްޓަމަރުންނާއި ވީހާ ގާތުން ޚިދުމަތް ދިނުމުގެ ގޮތުން އެމްއައިބީ އިން ހެދި މޮޑެލް އެއްކަމަށާއި އެމްއައިބީ އިން ދެމުން ގެންދާ ފައިނޭންސިންގ ހުރިހާ ޚިދުމަތެއް މިސެންޓަރުން ވެސް ލިބޭނެ“ އެމްއައިބީ އިން މައުލޫމާތު ދެއްވި އެވެ.

މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުން އީސީއާރްއެމް މެދުވެރިކޮށް24 ގަޑިއިރު ލިބޭނޭ ގޮތް ވަނީ ހަމަޖައްސަވާފަ އެވެ.

ހަމައެހެންމެ އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ޚިދުމަތާއި، އިންޓަނެޓް ބޭންކިންގެ ޚިދުމަތް ވެސް އަމިއްލައަށް ރަޖިސްޓްރީ ކޮށްލެވެއެވެ.

އެމްއައިބީ އިން ބުނީ މިއީ އެބޭންކުގެ އާ ތަސައްވަރު ކަމަށާއި މިފަދަ ޒަމާނީ ބްރާންޗްތައް ކުރިއަށް އޮތް ތަނުގައި ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެގޮތުން ވަރަށް އަވަހަށް ދަރަވަންދުގައި އީސީއާރްއެމް ގެ ޚިދުމަތް ލިބެން ފަށާނެ ކަމަށާއި އދ.މަހިބަދުއާއި ލ. ގަން އަދި ދ. ކުޑަހުވަދޫގައިވެސް އެމްއައިބީގެ ސޭލްސް ސެންޓަރު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްއައިބީގެ ސެންޓަރުން ކޮންމެ ހަފްތާއަކު ބ.އަތޮޅުގެ ތިން ރަށަކުން ޚިދުމަތް ދެމުން ގެންދާނެ ކަމަށް ވެސް މައުުލޫމާތު ދެއްވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top