ޖަރާސީމު އެކުލެވޭ ޗީޒެއް ވިއްކުން މަނާކޮށްފި

large_169883233732xio8-1.jpg

ޗީޒްގެ ވައްތަރެއް

ފްރާންސްގައި އުފައްދާ ޗީޒެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ‘އީކޮލައި’ ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ އެ ޗީޒް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔޫރަފުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އާއި އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތީރިޓީސް ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެ އެލާޓާ ގުޅިގެން، އެ ޗީޒްގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

“ވީމާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ފަރަންސޭސިވިލާތުގެ މި މައުލޫމާތު ހިމެނޭ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ،” އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top