ފެލިދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އާގޮތެއް ތައާރަފްކޮށްފި

Felidhoo-island.jpg

ވ.ފެލިދޫ

ވ.ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެ ރަށު ކައުންސިލުން އާގޮތެއް ތައާރަފު ކޮށްފިއެވެ.

ކައުންސިލުން ނިންމާފައިވަނީ، ފައިސާ ދައްކަންޖެހޭ މީހުން ފައިސާ ދައްކާ ނިމެންދެން އެފަދަ މީހުންނާއި، އެމީހުންގެ އަނބި، ފިރި އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށެވެ.

އެ ކައުންސިލުން ކޮށްފައިވާ އާއްމު އިއުލާނެއްގައި ބުނީ، ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ވޭތުވެދިޔަ ތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވި އެދެވޭފަދަ ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ.

ފެލިދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިންނެވެ. ކައުންސިލްގެ މި ނިންމުމާއި އެކު ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދެއްކުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމުއްދަތުގެ ފަހުން ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިއުލާން ކުރަމުން ގެންދާނޭކަމަށް ފެލިދޫ ކައުންސިލުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top