ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ޖަނަވަރީ 20ގައި

img_md_202311010924221698855862.3239.jpg

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބާއްވާ ގޮތަށް އެ ދެ ޕާޓީން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ އަަންނަ މަހުގެ 20 އިން 31 އަށް ކަމަށެވެ.

އެބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށް ވެސް ބުނެފައިވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން 93 މެންބަރުންގެ ތެރެއިން 60 މެންބަރުން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ޕީޕީއެމާއި ޕީއެންސީން މަޖިލީހަށް ވާދަކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް ޓަކައި އެ ދެ ޕާޓީން މަޖިލީހަށް ހޮވޭ އަންހެން މެންބަރުންނަށް ޚާއްޞަ އިނާޔަތެއް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

އަންނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓުންވެސް ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top