ސަމާލު. ޑެންގީހުން ފެތުރެން ފަށައިފި

article-2684584-1F7B22F400000578-797_634x420.jpg

ޑެންގީހުން ޖައްސާ ޢީޑީސް މަދިރި

މާލެއާއި އަތޮޅުތެރޭގައި އަނެއްކާވެސް ޑެންގީހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )އިން އިލްތިމާސް ކޮށްފިއެވެ.

މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ނެރުނު އެލާޓެއްގައިވަނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުގައި ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސް ވަރަކީ ކޮންމެ އަހަރަކުވެސް އެންމެ ބޮޑަށް ޑެންގީ ހުން ފެތުރޭ ދުވަސްވަރަށް ވާތީ ، ރައްކާތެރިވުމުގެ ގޮތުން ދުރާލާ މަދިރި މަދުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

މަދިރިމަދުކުރުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ހަފްތާއަކު އެއްފަހަރު ގެއާއި ގޯތި ތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމަށް ނުވަތަ އެފަދަތަންތަނުން ފެން ހުސްކުރުމަށް އެޗްޕީއޭގެ އެލާޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮމިއުނިކެބްލް ޑިސީޒް ކޮންޓްރޯލް ހެޑް ޑރ. ފާތުމަތު ނަޒުލާ ޑެންގީ އާބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވީ ކޮންމެ ރަށަކުންވެސް ޑެންގީކޭސް އެއް ހުށަހެޅިއްޖެނަމަ އެރަށެއްގެ ސިއްހީ މަރުކަޒާ ގުޅިގެން މަސައްކަތް ކުރަން ފަށާކަމަށާއި އެގޮތުން ރަށުތެރޭގައި މަދިރި އާލާވާގޮތަށް ހުންނަތަންތަން ނައްތާލުމަށް މަސައްކަތްކުރަމުން އަންނަކަމުގައެވެ. އެވަރުންވެސް ޑިންގީ ކޮންޓްރޯލް ނުވެ އިތުރުވަމުން ދާނަމަ ފޮގްކުރަމުން ދާނެކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މަދިރި ނައްތާލުމަށް ފޮގް ކުރުމަކީ ހައްލު ނޫންކަމަށާއި ފޮގް ކުރިނަމަވެސް މަދިރި އުފެދޭ ތަންތަމން ހުރިކަމަސްވާނަމަ އަނެއްކާވެސް މަދިރި އާލާވާނެ ކަމުގައެވެ.

“ފޮގް ކުރީމަ އުދުހޭ ބޮޑެތި މަދިރި މަރުވަނީ. ފޮގްގެ އަސަރު ބޮޑަށް ކުރަނީވެސް ވައި ވަކިގޮތަކަށް ޖެހިގެން ވަކި މިންވަރަކަށް ހުރެގެން، ފޮގް ކުރާ ތަނުން ވިއްސާރަ ވެއްޖެއްޔާ އޭގެ އަސަރެއް ނުކުރާނެ، މާގިނައިން ފޮގް ކުރަންޏާ މަދިރި އެއަށް ރެސިސްޓްވާނެ، ދުވަސްކޮޅަކުން މަދިރިއަށް އޭގެ އަސަރެއް ނުކުރާނެ، އެހެންވީމަ ފޮގް ކުރުމަކީ އޭގެ ހައްލެއް ނޫން،” ނަޒުލާ ވިދާޅުވިއެވެ.

މިހާތަނަށް ޑެންގީގެ 464 ކޭސް ހުށައަޅާފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އިތުރު އަދަދެކެވެ. ނަމަވެސް މި އަހަރު ހުށަހެޅި ކޭސްތަކުގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއެކު ހުން އައުމާއި ބޮލުގައި ރިއްސުމާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top