ރިސޯޓް މުވައްޒަފުންގެ ހަމަމުސާރަ އާއި ގެއްލުނު ވަޒީފާ ދިނުމަށް ބޮންޑެ ގޮވާލައްވައިފި

bondey.jpeg

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރިސޯޓްތައް ހުޅުވާލުމާއެކު އެތަންތަން ފުރިފައިވުމުން ރިސޯޓު މުވައްޒަފުންގެ ހަމަ މުސާރަ އާއި ވަޒީފާ ގެއްލުނު މީހުންނަށް ވަޒީފާ އަނބުރާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ބޮންޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުކުރި ރިސޯޓުތައް އަލުން ހުޅުވާލުމުން ރިސޯޓުތައް ފުރިއްޖެ ކަމަށާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ ކަމަށެވެ.

“ރިސޯޓުތައް ފުރި ބާރުވެ ސްޓޮޕް ސޭލް ވަނީ އަޅުވާފައެވެ.! ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އައުޓުފްލޯ އިސްކުރުތައް ދޫކުރާން ޖެހެއެވެ! ރިސޯޓު މުވައްޒިފުންގެ ކުޑަކުރި މުސާރަތައް ބޮޑު ވާން ޖެހެއެވެ.! ވަކިކުރި ވަޒީފާއެއް އަނބުރާ ދޭން ޖެހޭނެއެވެ!” ބޮންޑެ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ހަތަރުހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top