މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި

Corp-Feature-Photo-2020-12-19T130345.911-926x521.png

އަލަށް ޚިދުމަތަށް ނުކުތް މެޑިފްލެކްސް އިން ކޮވިޑާ ގުޅޭ ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި އެވެ.

އެ ތަނުގައި ޕީސީއާރު ޓެސްޓް ކުރަނީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ކަމަށާއި އަދި ލެބޯޓްރީގައި ކޮވިޑް ޓެސްޓުކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓް ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓްތަކެއްކަމަށް މެޑިފްލެކްސް އިން ބުނެއެވެ.

މެޑިފްލެކްސް އިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ، އިތުރު ޗާޖަކާއި އެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ގޮތަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މެޑިފްލެކްސް އިން ބުންޏެވެ.

މެޑިފްލެކްސް އިން ބުނީ ޓޫރިސްޓުންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ވެސް ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ.

ޓެސްޓް ކުރުމުގެ އަގުގެ ތެރޭގައި، ލެބް ޓެސްޓްގެ އިތުރަށް ސާމްޕަލް ކަލެކްޝަނަށް ބޭނުންކުރާ ތަކެތީގެ އަގު ހިމެނެ އެވެ. އަދި މާކެޓުގެ އަގުތަކާއި އަޅާ ބަލާއިރު، މެޑިފްލެކްސްގެ އަގުތައް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ، އެ ތަނަށް 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މެޑިފްލެކްސް ހުންނަނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ކޮޓޭޖް ގްރައުންޑް ފްލޯގައެވެ. މިތަނުން ހެނދުނު 9:00 ން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ޚިދުމަތް ލިބޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top