ގޮއިދޫގައި ކޮވިިޑާއެކު އިތުރު ރޯގާއެއް ފެތުރެނީ

11004570_1631971077031247_6205858526501739108_o.jpg

ބ. ގޮއިދޫ

ބ. ގޮއިދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުން ދަނިކޮށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއްވެސް ފެތުރެމުން އެބަ ދާކަމަށް ގޮއިދޫ ސިއްހީ މަރުކަޒުން ބުނެފި އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދު އެރަށް ވަނީ މޮނިޓަރިން އަށް ވެސް ލައިފަ އެވެ.

ގޮއިދޫ ސިއްހިމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ފަޒީލް ވިދާޅުވީ އެރަށުގައި މިހާރުވެސް 46 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި ސިއްހީ ހިދުމަތްތެރީންނާއި ސްކޫލް ދަރިވަރުން އަދި މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

ކޮވިޑުގެ އިތުރުން އެރަށުގައިބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް ފެތުރެމުންދާ ކަމަށާއި ގޮއިދޫގެ ހާލަތު ގޯސްވެފައިވަނީ ޗުއްޓީއާ ދިމާކޮށް ރަށަށް އަރައި ފޭބި މީހުން އިތުރުވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށް ފަޒީލް ވިދާޅުވިއެވެ.

“ސިއްހީ މަރުކަޒުގަ ހިދުމަތް ދޭން މިތިބީ ޖުމުލަ ހަތަރު މުވައްޒަފުން. އެންމެން ބަލިވެ. އެއްބަޔަކު ކޮވިޑުގަ. އަނެއް ބަޔަކު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހިފަ. ދެން ކަރަންޓީނުގަ. ވަރަށް ބޮޑަށް ދަތިވޭ މިފަދަ ހާލަތެއްގަ ސިއްހި ހިދުމަތްތެރިން ބަލިވީމަ.” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުގެ 10 ޓީޗަރަކު ޕޮޒިޓިވް ވެފައިވާއިރު، އެއް ނަރުހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުގެ ހަ މުވައްޒަފަކު ކަރަންޓީނުގައި އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ޑޮކްޓަރުގެ ހިދުމަތް ލިބެމުން އައި ކަމަށް ވިޔަސް ނަރުހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ގޮއިދޫގައި ކޮވިޑު ޖެހިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް އެ ހުރިހާ އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top