ވިސްނުން ހުރީ ކޮވިޑާ އެކު ދިރިއުޅެން – އެޗްޕީއޭ

b_2Hpftu0RpZu1d4xVxAZPJDcHB.jpg

ޑރ. އަފްޒަލް -- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ކޮވިޑާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ވިސްނުން ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދަން ކަމަށް، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ހަފްތާއެއް ވެސް ނިމުމުން ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން މިހާރު ރައްޔިތުންގެ ހިޔާލު ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”އެއީ ކޮންމެ ގޮތެއް ވިޔަސް ތިން، ހަތަރު އަހަރަށް ދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ އެހުރިހާ ވަގުތެއްގައި އެމަޖެންސީ ހާލަތެއްގައެއް. ގައުމީ އިގްތިސޯދު އަނބުރާ ގެންނަންޖެހޭ. އާމްދަނީ ވެސް ހޯދަން ޖެހޭ. މަސައްކަތަށް ވެސް ނުކުންނަން ޖެހޭ. ކިޔަވާ ކުދިން ކިޔަވަންވެސް ޖެހޭ.” ޑރ. އަފްޒަލް ވިދާޅުވިއެވެ.

ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް، މާސްކު އެޅުމާއި އެއްވެ ނޫޅުމަށް އިލްތިމާސް ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top