ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނަތީޖާލިބޭ ކޮވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

u7tx6JTcP5IXkQKizOraAsQgv4VYYOdlALJRdH7l.jpg

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮވިޑްގެ ނަތީޖާލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ.

އެންޓިޖެން ޓެސްޓު ހަދަނީ، ސާމްޕަލް ނަގަން އަންނައިރު އެމީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަންޏެވެ. ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ގަދައަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި ބަފަ އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީ އެވެ.

އެ ޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނަ އަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކިޓުގައި އިންނަ ސީ އަކުރާ ދިމާލުގައި ރޮނގެކެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މި ޓެސްޓް ހަދައެވެ. ރާއްޖޭގައިވެސް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް މި ޓެސްޓް ހަދަމުން އަންނަކަމަށާ ޚާއްސަކޮށް ބޮޑަށް ބަލި ފެތުރެމުންދާ ރަށްތަކުގައި މިޓެސްޓު ކިޓް ބޭނުންކުރަމުން ދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top