ސައްހަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށް ބުނީ ރިޔާސީ އިންތިޚާބު ވަގަށް ނަގަން: ޕީޕީއެމް

large_163698058822VGPg.jpg

އިދިކޮޅު ޕީޕީއެމްއިން 391 ސައްހަ ނޫން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ބުނީ 2023 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ބޭފުޅުން ރުއްސުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އާންމުންނަށް އޮޅުވާލައިގެން އެންމެ ގިނަ މީހުންގެ ފޯމް ހުށަހަޅާފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ — ޕީޕީއެމް އިން ކަމަށް ބުނުމުން އެޕާޓީން މިއަދުވަނީ އެވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބަޔާނެއް ނެރެފަ އެވެ.

އެބަޔާނުގައި ބުނެފައިވަނީ މިއީ 2023 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ބޭފުޅުން ރުއްސުމަށް ކޮށްފައިވާ ކަމެއް ކަމަށާއި ޕީޕީއެމް ބަދުނާމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޮކްޓޫބަރު 1، 2021 އިން ފެށިގެން ޕީޕީއެމްގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ ސަމާލު ކަމަށް ގެނެސް އެކަމުގައި އިންސާފު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅާ އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާ އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމް އިން ވަނީ އެ އަދަދަށް އެޕާޓީން ސައްހަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީ އިން ބުނެފައިވަނީ ކިހާވަރަކަށް ބަލާފަތޯ ސުވާލު އުފައްދާފައެވެ. އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ އަދި އެ އަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފަހުތޯ ނުވަތަ އެ މީހުންގެ ފިންގާޕްރިންޓް ވެރިފައި ކުރުމަށްފަހުތޯ ޕީޕީއެމް އިން ސުވާލު ކޮށްފައިވެއެވެ.

އެ ޕާޓީން ބުނީ އެ މައުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އީސީ އަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ޝަކުވާ ހުށަހަޅާފައިވާ މީހުންގެ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް އަށް ފޮނުވާދިނުމަށް ވެސް އެދިފައިވެއެވެ.

ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އީސީގެ ސަމާލުކަމަށް ގެނެސް އެކަން ހައްލު ކުރުމަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

“[ޕީޕީއެމް އާއި] މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް މި ކޯލިޝަނުން ގަބޫލު ކުރަން.” ބަޔާނުގައި ވެއެވެ.

ޕީޕީއެމް އިން ބުނީ ޕާޓީގެ މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި، ވަގަށް ނަގާފައިވާ މެންބަރުން އިތުރު ފޯމެއް ފުރުމެއް ނެތި އަނބުރާ ދަފްތަރުގައި ހިމަނައިދިނުމަށް އެދޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top