ކަމަދޫ ކައުންސިލުން ރައީސްލުޖުމްހޫރިއްޔާ އާއި ބައްދަލުކޮށްފި

big_659tk729QVhRcB4nBOniHpQk9.jpg

ރައީސް ސޯލިހް، ކަމަދޫ ކައުންސިލާއި ބައްދަލު ކުރެއްވުން--ފޮޓޯ:ރައީސް އޮފީސް

ބ.ކަމަދޫ ކައުންސިލް މެންބަރުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ބައްދަލު ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލަރުން ވަނީ ކަމަދޫގައި ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެއާއެކު ރަށްގިރުމުގެ މައްސަލައާއި، ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ޚިދުމަތެއް ގާއިމްވެފައި ނެތުމުން ކުރިމަތިވާ މައްސަލަތަކާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ފާހަގަކޮށް ކައުންސިލުން ވަނީ ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. މީގެ އިތުރުން ކަމަދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުސޫލެއް ފަހިކޮށްދެއްވުމަށާއި ކަމަދޫގައި ތަރައްގީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައްވެސް ކައުންސިލުން ވަނީ ރައީސް އާއި ހިއްސާކުރައްވާފަ އެވެ.

ރައީސް، ކަމަދޫ ކައުންސިލްގެ މެންބަރުންނާއި އެކު

މީގެ އިތުރުން ވެސް ފުލްޓައިމްކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސް އާ ހިއްސާކުރައްވާފައެވެ.

މި ބައްދަލު ވުމުގައި ކަމަދޫގައި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވައި ރައީސް ވިދާޅުވީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބައްދަލުވުން ތަކުން ރަށްރަށުގެ ކަންކަމާގުޅޭ ގޮތުން ލިބޭ މައުލޫމާތަކީ ކަންކަން ރަނގަޅު ކުރުމަށް ވަރަށް ފަސޭހަވެގެން ދާނެ ކަމެއްކަމަށްވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top