ރާއްޖޭގެ އިގްތިސާދު 7.1 ޕަސެންޓަށް ދަށްވާނެ: ވޯލްޑް ބޭންކް

world-bank-1616845760231-1616845760232.jpeg

މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 11 ޕަސެންޓުން 7.1 ޕަސެންޓަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން ނެރުނު “ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް” ރިޕޯޓުގައިވާ ގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ ދުވެލި ދަށްވާނެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރާ މިންވަރު 11 ޕަސެންޓުން 7.1 ޕަސެންޓަށް ދަށްވާނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.

ވޯލްޑް ބޭންކްގެ ރިޕޯޓްގައި ރާއްޖޭގެ މިއަހަރުގެ އިގްތިސާދީ ހާލަތު ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ ރަޝިޔާ – ޔޫކްރެެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ލަފާކޮށެވެ. އަދި އެކަމުގެ ސަބަބުން ލަފާކުރި ވަރަށް އިންވެސްޓްމަންޓްތައް ނުލިބޭނެ ކަމަށްވެސް ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.

މިއާއެކު ދެކުނު އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް އިންފްލޭޝަން މައްސަލަ ނުވަތަ ތަކެތީގެ އަގުބޮޑުވާ މައްސަލަ ފޯރާނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ އިންފްލޭޝަން އެއް ޕަސެންޓްގައި ހިފެހެއްޓިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. އަދި މިގޮތަށް ހިފެހެއްޓިފައިވަނީ ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭ ޑޮލަރު ރޭޓް ހިފެހެއްޓިފައި ހުރުމަކީ ވެސް ތަކެތީގެ އަގު މާބޮޑަށް އުފުލުނަ ނުދީ ހިފަހައްޓަން ލިބުނު އެހީއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑަށްފަހު ދުނިޔޭގެ އިގްތިސާދު އިޔާދަވަމުން ދަނިކޮށް، އިގްތިސާދު އަނެއްކާވެސް ދަށަށް ދާން ފެށީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. އަދި ތަކެތީގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top