”ފަސްމީރު“މަސްދަޅުގެ އަގު ހެޔޮކޮށްފި

0047.jpg

މިފްކޯއިން ވިއްކާ “ފަސްމީރު” ބްރޭންޑުގެ މަސްދަޅުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފައިވަނީ މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.

މި ގެނައި ބަދަލާއެކު ކުރިން 640 އަށް ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 575 ރުފިޔާއަށެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާއަށެވެ.

ކުރިން 595 ރުފިޔާއަށް ވިއްކި ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530 ރުފިޔާއަށެވެ. އަދި ކުރިން ވަކިން 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާއަށެވެ.

އާ އަހަރާ ދިމާކޮށް މިފްކޯ އިން މަސްދަޅުގެ އަގު ހެޔޮކުރި އިރު، ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ހާއްސަ އަގެއްގައި މަސް ކޭސް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާއި ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top