ރާއްޖޭން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނު ކުރަން ނިންމައިފި

DSCN9866.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު --އީވީ ފޮޓޯ

މި މަހު 4 ވަނަ ދުވަހުން ފެށިގެން ދުވަހުން ފެށިގެން ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ރާއްޖެ އައުމަށްފަހު، 10 ދުވަހަށް ގޭގައި ކަރަންޓީނު ވާން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނިންމައިފިއެވެ.

އުސޫލު ބަދަލުކޮށްފައި މިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި، މާލެ ސަރަހައްދަށް (މާލެ، ހުޅުމާލެ، ވިލިމާލެ)އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އޮއްވައެވެ.

މިއަދު އެޗްޕީއޭ އިން ނެރުނު އުސޫލުގައި ބުނެފައިވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި ޖަނަވަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލު، ކޮލެޖް އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މިއަދު ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށެވެ. އެހެން ދިވެހީންނާއި ވޯކް ވިސާގައި މަސައްކަތް ކުރާ މީހުން ރާއްޖެ އަންނައިރު ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ 10 ދުވަހަށްފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ވިދާޅުވެފައެވެ. އަދި އެ ފަރާތްތަކުން ވެސް ރާއްޖެ އާދެވޭނީ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top