ދިރާގުން ”ޕިކްމީ އަޕް “ތައާރަފްކޮށްފި

medium_90605.jpg

ދިރާގުން "ޕކްމީ އަޕް" އާބެހޭ މައުލޫމާތުދެނީ . ފޮޓޯ ؛ ދިރާގު

ރާއްޖޭގައި މުވާސަލާތުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި “ދިރާގު”ގެ ފަރާތުން “ޕިކްމީ އަޕް” ސާވިސް ތައާރަފް ކޮށްފިއެވެ.

މިސަރވިސް ތައާރަފް ކޮށްދެއްވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަން މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ އެކުންފުނިން އަބަދުވެސް ، ޒުވާނުންނާ ގުޅުންހުރި ޒަމާނީ ، އިނޮވޭޓިން ޚިދުމަތްތައް ތައާރަފްކުރަން މަސައްކަތް ކުރަމުން ދާކަމަށާއި ، މި ޚިދުމަތަކީވެސް އެގޮތުން ތައާރަފް ކުރެވުނު ޚިދުމަތެއްކަމުގައެވެ.
އޭނާ ވިދާޅުވީ މި ޚިދުމަތަކީ ޒީރޯ ބެލެންސްގައިވެސް ކޮންމެ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެއްކަމުގައެވެ.

އަދި ވިދާޅުވީ މި ޚިދުމަތް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހިލޭ ބޭނުން ކުރެވޭނެ ކަމަށާއި އުއްމީދު ކުރަނީ މިހާރު ދިރާގުން ދެމުން ގެންދާ “ކޯލްމީ ބެކް ” ޚިދުމަތް ފަދައިން ޒުވާނުންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވާނެކަމުގައެވެ.

މި ޚިދުމަތް ހޯދުމަށް ހަދަން ޖެހޭ ގޮތަކީ #200* އަށް ޑައިލްކުރެއްވުމުން ލިބޭ މެނޫގައި މެސެޖް ލިބެންވީ ފަރާތްތުގެ މޯބައިލް ނަންބަރު އަދި ބަލާއަންނަންވީ ތަން ލިޔެލަންވީއެވެ. 48 ކެރެކްޓަރއަށް ވުރެެ ދިގު ނުވާގޮތަށް ބަލާއަންނަންވީ ގަޑިވެސް ލިޔެވޭނެއެވެ.

ދިރާގުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އެހެން ނެޓްވޯކްގެ ނަންބަރުތަކަސްވެސް “ޕިކްމީއަޕް ” ފޮނުވޭނެކަމުގައެވެ. އަދި ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް ދުވާލަކު 5 ރިކުއެސްޓް ފަސޭހަކާމާއެކު ފޮނުވޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top