ވޯޓުލުން އޮމާންކަމާއެކު ކުރިއަށް.

DSCN5454.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ގޮސް ކިއޫގައި މަޑުކޮށްލައިގެން -އީވީ ފޮޓޯ

މުޅި ރާއްޖޭގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު 8:00 އިން ފެށިގެން ކުރިއަށް ދާއިރު ބ.އަތޮޅު ގައިވެސް އޮމާން ކަމާއެކު ވޯޓުލުން ކުރިއަށް އެބަދެއެވެ.

ވޯޓުލުމަށް ހިތާދޫގައި ރޭ ދަންވަރު ވޯޓުލުމަށް ކިއު ހަދާފައިވީ ނަމަވެސް އެހެން ރަށްރަށުގައި ކިއުހަދަން ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އެގޮތުން އެދަފުށީގައި ކިއު ހަދަންފަށާފައިވަނީ ހެނދުނު 7 ގެ ފަހުންނެވެ.

ހިތާދޫގައި ރޭ ކިއުގައި ޖެހިފައިވަނީ އެމްޑީޕީ މެންބަރުންކަމަށް ހިތާދޫ އޮންލައިން އިން ބުނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ބަހައްޓާފައި
ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ގޮސް ކިއޫގައި މަޑުކޮށްލައިގެން -އީވީ ފޮޓޯ

 

މި އިންތިހާބުގައިވެސް ވޯޓްލުމަށް އޭދަފުށީގައި ތިން ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ މަލްޓި ޕާޕޯސް ހޯލު ގައާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top